ހުޅުމާލޭ ހޮޓެލް 78 ގައި ޕާޓީ ކުރުމުގެ ކުރިން ވެސް މަލީހާގެ މައްޗަށް ވަނީ މަސްތުވާތަކެތީ މައްސަލައެއްގައި ޝަރީއަތް ކުރަން ފަށާފަ އެވެ. އެއީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އޭނާ، އިތުރު އަންހެނާ އެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.
މި މައްސަލައާ ގުޅިގެން، މާމިގިލީ ބަނދަރު ސަރަހައްދުން މަލީހާ އާއި ދެން ހުރި އަންހެން މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އެ ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް މި ދައުވާއަށް މަލީހާ އިންކާރު ކުރެ އެވެ.
މަލީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި ދޫކޮށްލީ މަލީހާއާއެކު އެ މައްސަލައިގައި ހައްޔަރުކުރި އަނެއް މީހާ ވެސް ދޫކޮށްލާފައިވާ ކަމަށް ބުނެ އެވެެ. ނަމަވެސް މި ނިންމުމާއި މެދު ހިތްހަމަނުޖެހި ދައުލަތުން ހައިކޯޓަށް ދިއުމުން ކްރިމިނަލް ކޯޓުގެ އެ ނިންމުން މިވަނީ ބާތިލްކޮށްފަ އެވެ.
ދައުލަތުން ބުނެފައި ވަނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި މަލީހާ ހައްޔަރުކުރެވުނުއިރު އޭނާއާ ދެކޮޅަށް ފުލުހުން އެކަށީގެންވާ މިންވަރަކަށް ހެކި ވެސް ހުށަހަޅާފައިވާ ކަމަށެވެ. މިހެންވެ މިކަމުގައި ތުހުމަތު ކުރެވޭ މީހަކު މުޖުތަމައުގައި ދޫކުރެވިފައި ވުމަކީ ނުރައްކަލެއް ކަމަށް ހައި ކޯޓުގެ ނިންމުމުގައި ވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވެސް މަލީހާ ހައްޔަރުކުރީ، ހުޅުމާލޭގެ ގެސްޓް ހައުސްއެއްގައި 11 ފިރިހެނުންނާއެކު ޕާޓީކުރަމުން ދަނިކޮށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް އެ ދުވަހު ވެސް އޭނާ ވަނީ ކުޑަކަމުދާ ތަކެތި ދިނުމަށް ދެކޮޅު ހަދާފަ އެވެ. މިހެންވެ ކުޑަކަމުދާ އެއްޗެހި ދޭން އިންކާރު ކުރިކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
މަލީހާ ފިލްމަކުން ފުރަތަމަ ފަހަރަށް ފެނުނީ 2016 ވަނަ އަހަރު ނެރުނު، "ނޭނގިޔާރު ވަކިވީ" އިންނެވެ. އެއަށްފަހު "ވަފާތެރި ކެހިވެރިޔާ" އާއި "ބައިވެރިޔާ" އިން ވެސް އޭނާ ފެނިގެންދިޔަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;