ސްޓެލްކޯއިން ބުނީ 170 ކަނެކްޝަނާ އެކު ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ފެނުގެ ހިދުމަތަށް މިހާރު އެދިފައިވާ ފަރާތްތަކުގެ އިތުރުން މި މަހުގެ ނިޔަލަށް އެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމުގައެވެ.
ހަންޏާމީދޫ އަކީ 500 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
މީގެއިތުރުން ފުޅާދާއިރާއެއްގައި ލޯކަލް ޓްއަރިޒަމް ހިންގަމުން އަންނަ ހަންޏަމީދޫގައި ގާތްގަނޑަކަށް 15 ގެސްޓް ހައުސް އޮޕަރޭޓް ކުރެއެވެ.