ads
ޖުޑީޝަލް އިޔަރ 2034 ޖަލްސާގައި ބައިވެރިވި ބައެއް ފަނޑިޔާރުން
ފަނޑިޔާރުންނަށް ޕެއިޑް ސްޓަޑީ ލީވް ދޭން ފަށަނީ
ދިގު މުއްދަތުގެ ތަމްރީންތަކަށް ފަނޑިޔާރުން ވީއްލާއިރު މުސާރައާއި އިނާޔަތްތައް ހަމަޖެހިގެންދާނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ދިގު މުއްދަތުގެ ތަމްރީންތަކަށް ފަނޑިޔާރުން ވީއްލުމުގައި މިހާތަނަށް އަމަލުކުރާނެ ވަކި އުސޫލެއް ނޯވެއެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ގާބިލްކަން އިތުރުކުރުމަކީ މުހިންމުކަމެއްކަމުގައި ދެކޭތީ، ފަނޑިޔާރުން އަމިއްލައަށް ހޯދާ ފުރުސަތުތަކުގައާއި ތަމްރީން ޕްރޮގްރާމްތަކާއި، ކޯސްތަކަށް ފަނޑިޔާރުން ވީއްލުމަށާއި، މިފަދައިން ވީއްލާއިރު މުސާރައާއި އިނާޔަތްތައް ހަމަޖެހިގެންދާނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މި ގޮތަށް ނިންމީ، ފަނޑިޔާރުކަމަށް އައްޔަނުވުމަށްފަހު ދިގުމުއްދަތުގެ ތަމްރީން ފުރުސަތުގައި ފަނޑިޔާރުން ބައިވެރިވުމަށް ހުރަސްތަކެއް ހުރުމުން، އެކަމަށް ރިއާޔަތްކޮށެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރުންނަށް އިތުރަށް ތައުލީމު އުނގެނުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި، މިދާއިރާގެ ހުނަރާއި، ޤާބިލްކަން އިތުރު ކުރުމަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން އެ ފަދަ އުސޫލެއް ހެދުމަށް ނިންމީ ކަމަށެވެ.

މިއުސޫލު އެކުލަވާލަން ނިންމާފައިވަނީ، މިފަދަ ފުރުސަތުތަކުގައި ބައިވެރިވެވަޑައިގަތުމައްޓަކައި ފަނޑިޔާރުން، ފަނޑިޔާރުކަމުން ދުރުވެ ވަޑައިގަންނަން ނުޖެހޭނެފަދަ ގޮތަކަށް ވީއްލުމުގެ ކަންތައްތައް އިންތިޒާމް ކުރުމަށް ކަމަށް ޖޭއެސްސީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް