ads
ރިޒާ
ގުރައިދޫ މެންބަރު ރިޒާ އަވަހާރަވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ މެލޭޝިޔާގައެވެ. އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ފަހުން ނެވެ.

ރިޒާއަކީ އިދިކޮޅު ޕީޕީއެމަަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރެކެވެ. ރިޒާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޖުޑީޝަރީ ކޮމިޓީއާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރެކެވެ. 

އިބްރާހީމް ރިޒާއަކީ 2014 ވަނަ އަހަރުން ފެށިގެން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރެވެ. ރިޒާއަކީ ޤާނޫނީ ވަކީލެއްވެސް މެއެވެ. 

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުގެ ގޮތުގައި ހުންނެވީ ރިޒާއެވެ. އޭނާ އެ މަގާމުން ވަކިކުރީ ވެރިކަން ބަދަލުވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.

ޖޭއެސްސީގައި އޭނާ ނައިބު ރައީސްކަން ކުރައްވާފައި ވާއިރު މަޖިލީހުގެ އެކި ކޮމިޓީތަކުގައި ވެސް މަސައްކަރްކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް