ads
އަކްޝޭ ކުމާރު
އެންމެ އަވަހަށް އެންމެ ގިނަ ސެލްފީ ނަގައިގެން އަކްޝޭ ދުނިޔޭގެ ރެކޯޑު ފޮތައް
ބޮލީވުޑްގެ ތަރި އަކްޝޭ ކުރާމު ބުދަ ދުވަހު ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފިއެވެ.

އަކްޝޭ ހެދި ރެކޯޑަކީ ތިން މިނެޓުގެ ތެރޭގައި އެންމެ ގިނަ ސެލްފީ ނެގި މީހާގެ ރެކޯޑެވެ. 

އަކްޝޭ މި ރެކޯޑު ހަދާފައިވަނީ އޭނާގެ ފިލްމު 'ސެލްފީ' ޕްރޮމޯޓު ކުރުމަށް ބޭއްވި ހަފްލާއެއްގައެވެ. 

އަކްޝޭ ވަނީ ތިން މެނެޓު ތެރޭގައި 184 ސެލްފީ ނަގާފައެވެ. އޭނާ ސެލްފީ ނަގާފައިވަނީ އެނާއަށް މަރުހަބާ ކިޔަން އިންޑިއާގެ މުމްބާއީއަށް ގޮސް ތިބި އޭނާގެ ފޭނުންނާއެކުއެވެ. 

އަކްޝޭ މުގުރާލާފައިވަނީ އެމެރިކާގެ ރައްޔިތެއްކަމަށްވާ ޖޭމްސް ސުމިތް ގެ ރެކޯޑެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ތިން މިނެޓުން 164 ސެލްފީ ނަގާފައެވެ. 

ޖޭމްސް ސުމިތުގެ ކުރިން ހޮލީވުޑްގެ ތަރި ޑްވޭން ޖޯންސަން ވަނީ 2015 ވަނަ އަހަރު އޭނާގެ ފިލްމު 'ސަން އެންޑްރިއޭސް' ނެރުމަށް ބޭއްވި ހަފްލާއެއްގައި ތިން މިނެޓުން 105 ސެލްފީ ނަގައިގެން މި ރެކޯޑު ހަދާފައެވެ. 

މި ރެކޯޑު ހެދުމަށްފަހު އަކްޝޭ ބުނެފައިވަނީ އޭނާގެ ކެރިއަރުގައި އެނާގެ ފޭނުންގެ ފަރާތުން ލިބުނު ހިތްވަރަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށެވެ. 

"ފޭނުންނާ ނުލާ އަހަންނަށް މި ފިލްމީ ކެރިއަރު ކުރިއަށް ނުގެންދެވުނީސް،" އަކްޝޭ ބުންޏެވެ. 

'ސެލްފީ' ގައި އަކްޝޭއާއެކު ދެން ފެންނާނީ އިމްރާން ހާޝިމީއެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ނެރުނު މަޅިޔާޅަމް ކޮމެޑީ ފިލްމު 'ޑްރައިވިން ލައިސަންސް' ގެ ރީމޭކް އެކެވެ. 

29%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް