ads
ފިލްމު ކެސާރީގައި އަކްޝޭ
އިންޑިއާ ރައްޔިތަކަށް ވާން ބޭނުން: އަކްޝޭ
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭކުމާރު އަލުން އިންޑިއާ ރައްޔިތަކަށް ވާން ބޭނުންވާކަމަށް އޭނާ ބުނެފިއެވެ.

އިންޑިއާ ރައްޔިތަކަށް ވާން އޭނާ ބޭނުންވާކަން ބުނީ އިންޑިއާގެ ޕްރެޒެންޓަރު ސުދީރު ޗައުދަރީ އަށް ދިން އިންޓަވިއުއެއްގައެވެ. 

މި އިންޓަވިއުގަ އަކްޝޭވަނީ އޭނާގެ ކެނެޑާ ރައްޔިތުކަން ދޫކޮށްލައި އިންޑިއާގެ ރައްޔިތުކަން ހޯދަން މަސައްކަތްކުރާ ކަން ހާމަކޮށްފައެވެ. 

"އަަހަންނަަށް ހުރިހާ އެއްޗަކީވެސް އިންޑިއާ. މިތަނުން ލިބުނު ފުރުސަތުތައް އެހެން ތަނަކުން ނުލިބޭނެ، އެކަމަކު ބައެއް މީހުން ކިއާ އެއްޗެހިން ވަރަށް ދެރަވޭ" އަލުން އިންޑިއާ ރައްޔިތަކަށް ވާން ބޭނުންވާ ސަބަބާ ގުޅޭގޮތުން އަކްޝޭ ބުންޏެވެ. 

އަކްޝޭއަށް ކެނެޑާއިން ޕާސްޕޯޓު ދިނީ 2011 ވަނަ އަހަރުއެވެ. 

އިންޑިއާގެ ގާނޫނު ބުނާގޮތުން އެހެން ގައުމެއްގެ ރައްޔިތަަކަށް އިންޑިއާ ރައްޔިތަކަށް ނުވެވޭނެއެވެ. އަކްޝޭ އިންޑިއާ ރައްޔިތަކަށް ވާން ބޭނުންނަމަ އޭނާގެ ކެނެޑާ ރައްޔިތުކަން ދޫކޮށްލަންޖެހޭނެއެވެ. 

your imageއަކްޝޭ

ކެނެޑާ ރައްޔިތަކަށް ވީ ފަހުން ވެސް، އިންޑިއާގެ ގައުމީ ބައެއް ފިލްމުތައް ވެސް އަކްޝޭ ވަނީ ގައުމީ ބަތަލެއްގެ ރޯލު ކުޅެފައެވެ. އެ ފިލްމުތައް ސިނަމާގައި ހިޓުވި ނަމަވެސް ފާޑުކިޔާ މީހުން ބުނަނީ ކެނެޑާ ރައްޔިތެއް އިންޑިއާގެ ގައުމީ ބަތަލެއްގެ ރޯލުކުޅުން ދެކޮޅު ނުޖެހޭ ކަމަށެވެ. 

މިސާލަކަށް ކެސާރީ (2019) އަދި ގޯލްޑް (2018)، ގައި އަކްޝޭވަނީ ގައުމީ ބަތަލުންގެ ރޯލު ކުޅެފައެވެ. 

އަކްޝޭ އެންމެ ފަހުން ކުޅުނު ފިލްމު "ސެލްފީ" ފެބުރުއަރީ 25 ވަނަ ދުވަހު ސިނަމާއަށް އަންނާނެއެވެ. އަދި އޭނާ ކުރިން ބޭރުކޮށްލިކަމަށް ހަބަރު ފެތުރުނު "ފިރު ހޭރާ ފޭރީ" ގެ ތިންވަނަ ބައިން ސުނިލްސެޓީއާއެކު ފެންނާނެކަމަށް މިހާރު ބެލެވެއެވެ.

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް