ads
ރޮނާލްޑޯ ހަންޖަރު ހިފައިގެން
ރޮނާލްޑޯ ބޮޑު ހަންޖަރެއް ހިފައިގެން. މި ފޮޓޯ ދުށިންތަ؟
ސައުދީ އަރަބިއްޔާގައި މިހާރު ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލޯޑޯއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެތްލީޓުކަމާމެދު ޝައްކެއްވެސް ނެތެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރޮނާލްޑޯ ފޮލޯ ކުރާ މީހުންގެ އަދަދުން އެކަން ސާފުވާނެއެވެ.
Advertisement

މި ފަހަރު އަނެއްކާވެސް ތަފާތު ކަމެކެވެ. ރޮނާލްޑޯ ސޯޝަލް މީޑިއާއަށް މި ފަހަރު ދޫކޮށްލި ކުރު ވީޑިއޯ ކޮޅުގައި ފެންނަނީ އަރަބިންގެ ސަގާފީ ހަރާކާތްތަކަށް ރޮނާލްޑޯ ފައި ހަމަކުރާ މަންޒަރެވެ. 

ސައުދީ އަރަބިއްޔާގެ ފައުންޑިން ޑޭ ފާހަގަ ކުރުމަށް އޭނާ މިހާރު ކުޅޭ ކްލަބުގެ ކުޅުންތެރިންނާއެކު ހަރަކާތްތެރިވީ އިރު އަތުގައި އޮތީ ބޮޑު ހަންޖަރެކެވެ. ހަންޖަރަކީ އަރަބިންގެ ސަގާފަތުގައި އެ މީހުންގެ ފަހުރެވެ.

ރޮނާލްޑޯ މި ހަރަކާތްތަކުގައި ލައިގެން ހުރީ އަރަބިންގެ ސަފާގީ ހެދުމެވެ. ހުދު ކުލައިގެ ޖުއްބާއެއްގައި ރޮނާލްޑޯ ހުރިއިރު، އެހެން ފޮޓޯއެއްގައި ޝާހީ ހެދުމެއްގައިވެސް ރޮނާލްޑޯ ހުއްޓެވެ.

ސައުދީ އަރަބިއްޔާގައި މިހާރު ދިރިއުޅޭތާ ދެމަހެއްހާ ދުވަސްވެފައިވާއިރު ރޮނާލްޑޯ އަންނަނީ އެ ތަނުގެ މާހައުލަށް ހޭނެމުންނެވެ. ދަނޑުމަތީގައި ރޮނާލްޑޯ އަންނަނީ ތަފާތު ދައްކަމުންނެވެ. 

ސައުދީ ލީގުގައި ރޮނާލްޑޯ އެންމެ ފަހު ކުޅުުނު މެޗުގައި އާދަޔާ ހިލާފު މޮޅު އެސިސްޓެއް ކުރިއިރު އޭގެ ކުރީ މެޗުގައި ހަތަރު ލަނޑު ޖެހިއެވެ. މިރޭވެސް ރޮނާލްޑޯގެ މެޗެއް އެބައޮތެވެ.

25%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް