ads
ކުޅުދުއްފުށި ގުރުއާން މުބާރާތް 1443 - ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1444" ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 3،4 އަދި 5 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވާ 2023 މާރިޗު 8 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެދަރިވަރަކު ބައިވެރިވާ ސްކޫލް، ޤުރުއާން ކިލާސް އަދި ޔުނިވާސިޓީ މެދުވެރިކޮށް ހުށަހެޅުއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި އެދިފައިވެއެވެ.

ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1444 ބައިވެރިވުމަށް އެދޭ ފޯމު އެ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީއަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ޤުރުއާން މުބާރާތުގެ މަގުސަދު ތެރޭގައި، ކުޅުދުއްފުށި ސިޓީގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުނގަންނައި ދިނުމުގައި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެއްދޭނެފަދަ ވާދަވެރި މާހައުލެއް އުފެއްދުން ހިމެނެއެވެ. 

މިފަހަރުގެ މުބާރާތުގައި ބަލައިގެން ކިޔުމުގެ ބައި، ނުބަލައި ކިޔުމުގެ ބައި އަދި ހާފިޒުންގެ ބައި ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް