ads
241 ކޮމެޓީގެ މުގައްރިރު އަސްލަމް
ގެއްލިފައިވާ މީހުންގެ މައްސަލާގައި ފުލުހުން 241 ކޮމެޓީއަށް ހާޒިރުކުރަނީ
ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ، (241 ކޮމިޓީ) އަށް ފުލުހުން ހާޒިރުކުރުމަށް ނިންމައިފި އެވެ.

ކޮމެޓީން މިގޮތަށް ނިންމީ އއ. މަތިވެރި، ހަސަން އަލީ (ހަސަން ފުޅު) އަދި ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު ގެއްލުނު މައްސަލައާއި ގުޅިގެން ނެވެ.

މީގެތެރެއިން އާސިރު ފެނިފައިވާއިރު އޭނާ ފެނުނީ ގެއްލިގެން ހޯދަމުންދާތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން އެއާޕޯޓް އިންޓަނޭޝަނަލް ޓާމިނަލްގެ ގޮނޑިއެއްގައި އިންދައެވެ. ނަމަވެސް އެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން މާބޮޑު ތަފްސީލެއް މިހާތަނަށް ނުދެއެވެ.

މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ 73 އަހަރުގެ އެރަށު ރިވެލި، ހަސަން އަލީ އަދިވެސް ނުފެނެއެވެ.

މިމައްސަލާގައި މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި، ފުލުހުން އެކޮމެޓީއަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުން ހުސައިން ޝަމީމް އެވެ. ޝަމީމްގެ ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ގެއްލިފައިވާ މީހުންގެ މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެންބަރުން އާދަމް ޝަރީފްވެސް މައްސަލައެއް ހުށަހަޅުއްވާފައިވާތީ ދެ މައްސަލަ އެކުގައި ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމި ނަމަވެސް ފުލުހުން ހާޒިރުކުރާނެ ތާރީހެއް އަދި ނުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް