ads
ހިޔާ ފުލެޓުތަކެއް: - ފޮޓޯ:އެޗްޑީސީ
878 މިލިއަނަށް ހުޅުމާލޭން 17 ބިމެއް ސަރުކާރުން ގަނެފި
878.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ހުޅުމާލޭން ބިންތަކެއް ގަނެފިއެވެ.

ބިންތައް ވިއްކުމަށް އެޗްޑީޕސީން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓްގައި ވާގޮަތުން މި މުއާމަލާތުގައި 17 ބިމެއް ސަރުކާރުން ވަނީ ގަނެފައެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން ބިންތަކުގެ ޖުލްމަ ބޮޑު މިނަކީ 552،429.91 އަކަފޫޓެވެ. އެހެން ކަމުން މި ބިންތަކުގެ އެވްރެޖް އަގު އުޅެނީ ގާތްގަނޑަކަށް އަކަފޫޓަކަށް 1590 ރުފިޔާ މަގުންނެވެ.

ބިންތައް ގަތުމަށް ފިނޭންސް މިނިސްޓްރީން 878،363،556.90 ރުފިޔާ އެޗްޑީސީއަށް ދައްކާފައިވާކަމަށްވެސް ސިވިލް ކޯޓްގެ ހުކުމުގައި ބުނެފައި ވެއެވެ.

ނަމަވެސް މި ބިންތަކަކީ ކޮން ބޭނުމެއްގައި ގަނެފައިވާ ބިންތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލޭގައި ހުރި ބޭރުގެ އެމްބަސީތައް ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ބަދަލު ކުރުމަށް ބިން ގަތުމަށް 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއް ދައްކަން ސަރުކާރަށް ޖެހެއެވެ.

ނަމަވެސް މި ބިންތަކަކީ އެމްބަސީތައް ބަދަލުކުރުމަށް ހޯދި ބިން ކަމެއް އަދި ސާފެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް