ads
މިނިސްޓަރު ނަހުލާ އަދި މެޑަމް ފާތުން
ގާސިމްގެ އަނބިކަނބަލުން ރައީސް ޔާމީންގެ އަނބިކަނބަލުންނާ ބައްދަލު ކުރެއްވިތަ؟
ރޭ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ހިނގި އެއް ފޮޓޮއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާަހިމްގެ އަނބިކަނބަލުން، އަދި މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިންރާހީމްއާއި ބައްދަލު ކުރެއްވިކަމަށް ބުނެ ފެތުރުނު ފޮޓޯއެވެ.

ފޮޓޯ އިން ފެންނަނީ ރައީސް ޔާމީންގެ ގެކޮޅު، ހ ދޫވެއްސާއި ކައިރި ހިސާބަކުން މިނިސްޓަރު ނަހުލާ ކާރުކޮޅަށް ވަޑައިގަންނަވާ މަންޒަރެވެ. ސޯޝަލް މީޑިއާގައި އެވާހަކަ ފެތުރުނުނީ ނަހުލާ ވަޑައިގެންނެވީ ކުރީގެ ފަސްޓްލޭޑީ ފާތުމަތު އިބްރާހީމްއާއި ބައްދަލު ކުރެއްވުމަށް ފަހުކަމަށެވެ.

ފޮޓޯގަނޑުގެ ހަގީގަތް އޮޅުންފިލުއްވާދެއްވީ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހްއެވެ. އަލީ ސޯލިހް ވިދާޅުވީ ނަހުލާ އިއްޔެ، ކުރީގެ ފަސްޓްލޭޑީ ފާތުންއާއި ބައްދަލު ކުރެއްވިމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

"ގަހަކުން ފަތެއް ހެލިލިޔަސް، ވައިރޯޅިއެއް ޖެހިލިޔަސް، ހީވަނީ މި ޖުމްހޫރީ ޕާޓީގެ ރަންފިޔަތަކާއި މާތަށް އެތަން މިތަނުން ފޮޅޭހެން" އެވާހަކަތަށް ދޮގުކުރައްވާ އަލީ ސޯލިހް ވިދާޅުވިއެވެ. 

އަލީ ސޯލިހް ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުންނާއި ނަހުލާ ބައްދަލު ކުރެއްވިކަމަށް ދެކެވޭ ވާހަކަތަކަކީ "މާސިންގާ ބޮޑު ދޮގެއް" ކަމަށެވެ.

އަދި ފެތުރިގެން އުޅޭ ފޮޓޯއަކީ ނަހުލާ އާއިލީ ބޭފުޅުންކޮޅަކާއި ބައްދަލުކުރެއްވުމަށް ރައީސް ޔާމީންގެ ގެކޮޅާއި ކައިރީހުރި ޗީބޯ ރެސްޓޯރަންޓަށް ވަޑައިގެން ނިކުންނެވި ވަގުތު މީހަކު ނަގާފައިވާ ފޮޓޯއެއް ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ. އަދި ޖޭޕީގެ މީޑިއާ ވައިބަ ގުރޫޕަށް އަލީ ވަނީ ނަހުލާ ޗީބޯއިން ނިކުމެ ވަޑައިގަންނަވާތައް ސާފުވާވަރަށް ފެންނަ ވީޑިއޯއެއްވެސް ދޫކޮށްލައްވާފައެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް