ads
ހުޅުމާލޭ ފޭސް އެކެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް
ސަރުކާރުން ހުޅުމާލެއިން ގަތް 17 ބިމަކީ ފްލެޓު އަޅާ ބިންތައް: އެޗްޑީސީ
ހުޅުމާލެ ދެވަނަ ފިޔަވަހީން ސަރުކާރުން 17 ބިމެއް ގަނެފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ 4000 ހައުސިން ޔުނިޓުގެ މަޝްރޫއަކަށް ކަމަށް އެޗްޑީސީން ބުނެފި އެވެ.

ޖުމަލް 878.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ހުޅުމާލޭން 17 ބިން ގަނެފައިވާކަން ހާމަވީ އެޗްޑީޕީސީން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން ނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާގޮތުން ބިންތަކުގެ ޖުލްމަ ބޮޑު މިނަކީ 552،429.91 އަކަފޫޓެވެ. އެހެން ކަމުން މި ބިންތަކުގެ އެވްރެޖް އަގު އުޅެނީ ގާތްގަނޑަކަށް އަކަފޫޓަކަށް 1590 ރުފިޔާ މަގުންނެވެ.

ބިންތައް ގަތުމަށް ފިނޭންސް މިނިސްޓްރީން 878.3 ރުފިޔާ އެޗްޑީސީއަށް ދައްކާފައިވާކަމަށްވެސް ސިވިލް ކޯޓްގެ ހުކުމުގައި ބުނެފައި ވެއެވެ. މިކަމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދީ އެޗްޑީސީން މިއަދު ބުނީ، އެއީ އެ ކޯޕަރޭޝަނާއި، ޕިނޭންސް މިނިސްޓްރީ އަދި ފަަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވިއްކާފައިވާ ބިންތަކެއް ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކަންކަން ފުރިހަމަކުރުމަށް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކާ ހަލާސް ކުރުމުން ކޯޓު މެދުވެރިކޮށް ފިނޭންސް މިނިސްޓްރީގެ މިލުވެރިކަމަށް އެ ބިންތައް ބަދަލުކުރީ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

"ހުޅުމާލެ ފޭސް 2 ހިއްކުމަށާއި އެކި އުމްރާނީ ވަސީީލަތްތައް ގާއިމު ކުރެވިފައި ވަނީ މި ކޯޕރޭޝަނުން ލޯނު ނަގައި އަދި އެކި ގޮތްގޮތުން ހަރަދުކޮށްގެން ކަމުން، ހުޅުމާލޭގެ ބިން އެކި ބޭނުންތަކަށް ދިނުމަށާއި ވިއްކުމުގައި އަބަދުވެސް ބިމުގެ އަގު ކަނޑއެޅިފައިވާނެ. އަދި އަބަދު ވެސް ހިންގޭ ކޮންމެ މަޝްރޫއެއްގެ ބިމުގެ އަގު ދައްކާ ހާލާސް ކުރުމުން މިލުކުވެރިކަން މިގޮތަށް ބަދަލު ކުރެވޭ. " އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ބިންތައް ބޭނުންކުރާނީ އިޖްތިމާއީ ބޯހިޔާވަހިކަން ތަރައްގީކުރުމަށް ކަމުން، ބިމުގެ އަގު ކަނޑައެޅިފައިވަނީވެސް މަޝްރޫއު ނިންމާ އާންމުންނަށް ފްލެޓު ދޭއިރު ލުއި އަގުތަކެއް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެ ގޮތަށް ކަމަށެވެ.

ހުޅުމާލެއިން ގަތް 17 ބިމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓު އެޅުމަށް ގަތް ބިންތަކެއް ކަމަށް އެޗްޑީސީން ބުނިއިރު، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން ހިންގާ ”ގެދޮރުވެރިޔާ“ ސްކީމުގެ 4000 ފްލެޓުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިމަސައްކަތް ކުރަމުންދަނީ، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި، އެންބީސީސީ ކުންފުނިން ނެވެ.

  • ޖޭއެމްސީ ޕްރޮޖެކްޓްސް އާއި ހަވާލުކޮށްފައިވަނީ 2،000 ޔުނިޓު، 137 މިލިއަން ޑޮލަރަށް
  • އެންބީސީސީ އާއި ހަވާލުކޮށްފައިވަނީ 2،000 ޔުނިޓު، 130 މިލިއަން ޑޮލަރަށް.

ގެދޮރުވެރިޔާ މަޝްރޫއުގައި ތަރައްގީކުރަނީ 17 އާއި 18 ބުރީގެ ދެ ކޮޓަރީގެ 1200 އެޕާޓުމެންޓާއި، ތިން ކޮޓަރީގެ 2800 އެޕާޓުމެންޓެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އެފްޑީސީގެ މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ މިދިޔަ ނޮވެމްބަރު މަހު ވިދާޅުވި ގޮތުން، މިއަަހަރަށް ބައެއް ޓަވަރުތައް ނިމޭނެ އެވެ. ނަމަވެސް، މުޅި މަޝްރޫއު ނިންމާލެވޭނެ ކަަމަށް ލަފާކުރަނީ 2024 ވަނަ އަހަރަށެވެ. މިހާރު، ޖޭއެމްސީގެ ޓަވަރުތަކުގެ 16 އިންސައްތަ އަދި އެމްބީސީސީގެ ޓަަވަރުތަކުގެ 13 އިންސައްތަ ވަނީ ނިމިފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް