ads
ޕަވަންދީޕް އާއި އަރުނީތާ___
ޕަވަންދީޕާއި އަރުނީތާގެ ޝޯ މަދަމާރޭ، ބާރު ސްޕީޑުގައި ޓިކެޓް ވިކެނީ!
އިންޑިއަން އައިޑޮލް ސީޒަން 12 ގެ ފަހުރު ވެރި އެއްވަނަ ޕަވަންދީޕް އާއި އެ ސީޒަންގެ ދެވަަނަ އަރުނީތާގެ ޝޯ މާދަމާ ރޭ ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ "މިއުޒިކަލް އައިޑަލް" ޝޯގެ ޓިކެޓް ތަކަށް ބާރު ބޮޑުވެއްޖެއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބާއްވަން ހަމަޖެހިފައިވާ އެ ޝޯގައި ޕާފޯމް ކުރުމަށް އެ ދެ ފަންނާނުން ވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައިސްފައެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ޝޯގެ ޓިކެޓް ވިއްކަމުންދާ ފަރާތަކުން ބުނީ، މާދަމާ ރެޔަށް ވަގުތު ކުޑަތަން ވަމުން ދާއިރު ޓިކެޓްތައް ވަނީ އަންނަނީ ބާރު ސްޕީޑުގައި ވިކެމުން ކަމަށެވެ.

އެ ޝޯގެ ޓިކެޓް ވިއްކަނީ ތިން ކެޓަގަރީ އަކުންނެވެ. އެގޮތުން އާންމު ކެޓަގަރީގެ ޓިކެޓެއް 80 ރުފިޔާއަށް އުޅޭ އިރު ފަސްޓް ކްލާސް ޓިކެޓް ވިއްކަނީ 150 ރުފިޔާ އަށެވެ. އަދި ސިލްވާ ކްލާސް ޓިކެޓް ވިއްކަނީ 500 ރުފިޔާ އަށެވެ.


ޓިކެޓު ބޭނުންވާ ނަމަ، 7376060، 9238088 ނުވަތަ 9238090 އަށް ގުޅައިގެން ނުވަތަ ވަޓްސް އެޕާއި ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން ޓިކެޓް ނެގޭނެ އެވެ. އަދި އުރީދޫގެ މޫލީ މެދުވެރިކޮށް ވެސް ޓިކެޓު ލިބެން ހުންނާނެއެވެ.

މާދަމާ ރޭ އަށެއް ޖަހާއިރު ފަށަން ނިންމާފައިވާ އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ރާފިޔަތު އާއި ޝަލަބީ ވެސް ޕާފޯމް ކުރަން ވަނީ ހަމަޖެހިފައެވެ.

"މިއުޒިކަލް އައިޑަލް" އަކީ އިންޑިއާ އަދި ރާއްޖޭގެ ފަންނާނުން ބައިވެރިވި "ޓުއާނިވަލް" އިން އިންތިޒާމްކޮށްގެން ބާއްވާ ޝޯ އެކެވެ

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް