ads
ލެކިއުޓްގެ ޕްރޮމޯޝަންގެ ދަށުން ސެންޓުފުޅި އަކުން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބިގެންދާނެ
ލެކިއުޓުން އަންހެނުންގެ ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓުގެ ވިޔަފާރި ކުރަމުން އަންނަ ލެކިއުޓުން އަންހެނުންގެ ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދުނިޔޭގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ލެކިއުޓުން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ހާއްސަ ކޮށްފައިވަނީ އަންހެން ކަނބަލުންނަށެވެ. 

މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ އަންހެން ސެންޓު ފުޅިއަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ލެކިއުޓުން މައުލޫމާތުދެއެވެ. އަދި ކޮންމެ 10 ވަނަ ބިލަކަށް ސެންޓު ބްރޭންޑެއްގެ ސަޕްރައިޒް ގިފްޓެއްވެސް މި ޕްރޮމޯޝަންގެ ދަށުން ލިބިގެންދާނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ. 

މީގެ އިތުރުން ލެކިއުޓުން ވަނީ މިދުވަސްކޮޅަށް ހާއްސަ ކޮށްގެން ދުނިޔޭގެ މަޝްހޫރު ބްރޭންޑް އެއް ކަމަށްވާ ޑީ އެން ޖީގެ ދަ ވަން އިންޓެންސް އަދި ދަ އޮންލީ ވަން އިންޓެންސް ސެންޓުފުޅި ތައާރަފްކޮށްފައެވެ. ޑީ އެން ޖީ ގެ މި ދެ ސެންޓުފުޅި ގަންނަ ކޮންމެ ފަރާތަކަށް ސެންޓުފުޅިއަކާއި އެކު ޑީ އެން ޖީ ގެ 75 އެމް އެލް ލޯޝަން ނޫނީ ޑީ އެން ޖީގެ މޭކަޕް ބޭގް އެއް ހިލޭ ލިބިގެންދާނެ ކަމަށް ވެސް ލެކިއުޓް އިން މައުލޫމާތުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް