ފުލުހުން ބުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދަނީ ސ. ހުޅުދޫ / ސަނީލޮޖް، އަލީ އާރިފް ކަމަށެވެ. އޭނާގެ އުމުރަކީ 46 އަހަރެވެ.
މާލޭގައި ދިރިއުޅޭ އެމީހާގެ ހަބަރެއް މިދިަޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިހެން ނުވާކަމަށް އާއިލާއިން ބުނާކަމަށްވެސް ފުލުހުން ބުނެއެވެ.
ކަންނެލި މަސްވެރިކަމުގެ މަސައްކަތް ކުރާ އަލީ އާރިފް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.