ads
ދުވާފަރު
ދުވާފަރު ކައުންސިލަރުގެ މައްސަލައިގައި ދައުވާކުރަން ޕީޖީއަށް
ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު ދުވާފަރު ކައުންސިލްގެ މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް، އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަދު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މިއީ އެލްޖީއޭ އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓަކުން ފާހަގަވި މައްސަލަތަކަކާ ގުޅިގެން ފެންމަތިވީ ކަމެކެވެ.

މި މައްސަލަތައް ފެންމަތިވުމުން ދުވާފަރު ކައުންސިލުގެ 12 މީހެއްގެ މައްސަލަ ތަހުގީގު ކުރިއެވެ. އޭގެ ތެރެއިން ދައުވާ ކުރުމަށް އެދިފައިވަނީ އަށް މީހެއްގެ މައްޗަށެވެ. އޭގެ ތެރޭގައި، އެ ކައުންސިލް ބައެއް މެމްބަރުންނާއި މުވައްޒަފުން ވެސް ހިމެނެއެވެ.

ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ މީހުންގެ ތެރޭގައި ކައުންސިލްގެ ރައީސް ހަސަން ހަކީމް އަދި ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު ހިމެނެއެވެ. އަދި މީގެ އިތުރުން ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހްއާއި ދުވާފަރު ކައުންސިލްގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު، މުހައްމަދު އަލިފުޅުވެސް ހިމެނެއެވެ.

މި މީހުންގެ އިތުރުން އަދިވެސް އެހެން ބައެއް މީހުން ހިމެނޭއިރު، މި މީހުންގެ މައްޗަށް ތިން ދައުވާއެއް ކޮށްދިނުމަށް އެސީސީން ޕީޖީގައި އެދިފައިވެ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

ކައުންސިލަރުންނަށް ތުހުމަތުވާ ބޮޑު ހިޔާނާތުގެ މައްސަލާގައި މިދިޔަ ނޮވެމްބަރު 28ގައި އެންމެން ސަސްޕެންޑްކުރި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް