ފިޝަރީޒް މިނިސްޓްރީން ގެޒެޓުގައި ޝާއިއުކުރި 'މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދު'ގައި ބުނެފައިވަނީ ގަވާއިދު އެކުލަވާލުމުގެ މަގުސަދަކީ މަސްވެރިކަމާ ގުޅުން ހުރި ހަރަކާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައަޅައި އެ ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ބަޔާން ކުރުމަށެވެ.
މި ގަވާއިދު ހިނގާނީ ކުރިން ކިރުވާފައި ނުވާ ކަނޑުމަހުގެ ބާވަތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރާއި މަސް ގަންނަ ފެސިލިޓީއަކަށް ގަނެފައިވާ ނުވަތަ ކިރުވާފައިވާ މަސް އުފުލުމަށް ބޭނުންކުރާ ކެރިއާ ނުވަތަ ރީފާ ފަދަ އުޅަނދުފަހަރުގެ އިތުރުން މަސްވެރިންނަށް އައިސް ވިއްކުމަށް އައިސް ޕްލާންޓް ގާއިމުކޮށް ހިންގާ ފަރާތްތަކަށް ކަމަށް ގަވާއިދުގައި ބުނެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން ލައިސަންސް ނަގަން ޖެހޭ ކަންކަމަކީ،
މަސްވެރިކަމުގެ ހަރަކާތްތަކަށް ލައިސަންސް ނެގުމާ ގުޅޭ ގަވާއިދުގައި ބުނާ ގޮތުން ގަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ އުޅަނދެއްގައި އޮބްޒާވަރެއް ބެހެއްޓުމުގެ ބާރު މިނިސްޓްރީއަށް ލިބެ އެވެ. އެގޮތުން:
މި ގަވާއިދުގައި މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރުން ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި ގަވާއިދުގައިވާ ލައިސަންސްގެ ޝަރުތަކާ ހިލާފުވުން ބެލެވޭނީ ކުށެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ. އެފަދަ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށާއި ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ނަމަ ލައިސަންސް ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައިވެއެވެ.