އާޒިމް ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތް ނުނިމޭތީ ފަރެސްމާތޮޑާއިން އެއާޕޯޓަށް އައުމަށް ވަގުތީ މަގެއް ހަދަމުންދާ ކަމުގައެވެ. ކައިރި ރަށްރަށުންނާއި ރިސޯޓުތަކުން މީހުންނަށް އާދެވޭނެހެން ބަނދަރެއް ނިންމާފައިވާ ކަމަށާއި ކީވޯލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެކުރިން އެމްޓީސީސީން ބުނެފައިވަނީ ފަރެސްމާތޮޑާއިން އެއާޕޯޓަށް ދިއުމަށް ތަރައްގީކުރާ ބްރިޖުގެ މަސައްކަތް އަންނަ މެއި މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.
ހުރިހާ މަސައްކަތެއް ނިންމާ ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ދަނީ ވަމުން - ފޮޓޯ:ފަރެސްމާތޮޑާ އެއާޕޯޓް
އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާ އެއާޕޯޓް ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އެ އެއާޕޯޓު އޮޕަރޭޝަނަށް ގެނައުމަށް އިންސްޕެކްޝަންގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ކުރަމުންނެވެ. ރީޖަނަލް އެއާޕޯޓްސްއިން ދަނީ އެއާޕޯޓުގެ ވަޒީފާތަކަށް މީހުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރި މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އެއް އަޅައި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަ ބިލްޑިން އިމާރާތެއް ވަނީ ތަރައްގީކޮށްފައެވެ.