ads
ވިޔަފާރިވެރިންނާ ކައިވެނިކުރި ބޮލީވުޑްގެ ބައެއް ތަރިން
ބޮލީވުޑްގައި އެންމެ އަގުބޮޑު އެންގޭޖްމަންޓު އަނގޮއްޓިއެއް އަޅަނީ ކާކު؟
ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ އަގުބޮޑު އަނގޮއްޓި އަޅަނީ އާސިން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ހާމަކޮށްފިއެވެ.

ވިޔަފާރިވެރިއާ ރާހުލް ޝަރުމާއާއި އާސިން ކައިވެނިކުރީ 2016 ވަނަ އަހަރުއެވެ. ކައިވެންޏަށްފަހު ފިލްމު އިންޑަސްޓްރީއާއި ދުރުގައި އޭނާ ހުއްޓަސް އޭނާގެ މަގުބޫލުކަން ކުޑައެއް ނޫނެވެ. 

ނޫސްތަކުން ރެކޯޑުކުރާގޮތުން އާސިން އަޅާ އެންގޭޖްމަންޓު އަގޮއްޓީގެ އަގަކީ ހަ ކަރޯޑު އިންޑިއަން ރުޕީޒް (11.2 މިލިއަން ރުފިޔާ) އެވެ. 

your imageއާސިން އަދި އޭނާގެ ފިރިމީހާ ރާހުލް

މީގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ އަޅާ އެންގޭޖްމަންޓު އަނގޮއްޓީގެ އަގަކީ ދެ ކަރޯޑު ރުޕީޒް (3.7 މިލިއަން ރުފޔާ) އެވެ. ޝިލްޕާ ޝެޓީގެ އަނގޮއްޓީގެ އަގަކީ ތިން ކަރޯޑު ރުޕީޒް (5.6 މިލިއަން ރުޕީޒް) އެވެ. 

އާސިންގެ ނަމުން މަޝްހޫރު އާސިން ތޮއްޓޫމްކަލް އަކީ ތަމަޅަ، ހިންދީ އަދި ޓެލަގޫ ފިލްމުތަކުން ގިނައިން ފެނިގެންދިޔަ އިންޑިއާގެ ކުރީގެ ބަތަލާއެކެވެ. އޭނާއަކީ ހުނަރުވެރި ބާރަޓަނަތީމް ޑާންސަރެކެވެ. ފިލްމްފެއާގެ ތިން އެވޯޑެއް އޭނާއަށް ލިބިފައިވެ އެވެ. އެކްޓިން ކެރިއަރު ފެށީ ދެކުނު އިންޑިއާގެ ފިލްމީ ދާއިރާއިން ނަމަވެސް ފަހުން އޭނާގެ ސަމާލުކަން ބޮލީވުޑަށް ބަދަލުކުރި އެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް