ads
މީހަކު ގޮޅަރިހަ ކަނީ: ފޮޓޯ ޑީޑަބްލިޔު
ލ އަތޮޅު ގޮޅަ ރިހަ ޖަރުމަނުވިލާތުގެ ސަމާލުކަމަށް!
ލ އަތޮޅުގެ ގޮޅަ ރިހައިގެ މޮޅުކަމާއި މީރު ވާހަކަ ޖަރުމަނުގެ މަޝްހޫރު މީޑިއާ ޑީޑަބްލިއު ނިއުސް އަށް އަރައިފިއެވެ.

ޖަރުމަނުގެ އެންމެ ނުފޫޒުގަދަ އެއް މީޑިއާގެ ނޫސްވެރިންވަނީ ގޮޅަރިހަ ކެއުމަށް ލ އަތޮޅަށް ގޮސްފައެވެ. އަދި އެމީހުން ހޮނިހިރު ދުވަހު އާންމުކުރި ޑޮކިއުމަންޓަރީގައި ވަނީ ގޮޅަރިހައިގެ ރެސިޕީވެސް ކިޔައިދީފައެވެ. އެމީހުން ބުނާގޮތުން ގޮޅަރިހަ ތައްޔާރުކުރެވޭނީ ރާއްޖޭގައި ހަދާ 'ދިވެހި ހަވާދު’ ގައެވެ. 

އެމީހުން ގޮޅަރިހަ ކައިފައިވަނީ ލ އަތޮޅުގެ ރެވަރީސް ޑައިވިން ހޮޓަލުންނެވެ. އެމީހުންނަށް ގޮޅަރިހަ ހަދާގޮތް ކިޔައިދީފައިވަނީ އެ ހޮޓަލުގެ މެނޭޖަރު އައްބާސް އިބްރާހިމްއެވެ. 

އައްބާސް ބުނެފައިވާގޮތުން ލ އަތޮޅުގެ ކޮންމެ ގެއަކުން ވެސް މަދުވެގެން މަހަކު އެއްފަހަރު ހަވާދު ދަވައިގެން ދިވެހި ހަވާދު ފުޅިއެއް ތައްޔާރުކުރާނެއެވެ. އަދި ލ އަތޮޅުގައި ހަދާ ގޮޅަރިހަ ތަފާތުވަނީ އެ ހަވާދުގެ ސަބަބުންކަމަށް އޭނާ ބުނެއެވެ. 

your imageލ. އަތޮޅު ގޮޅަރިހަ ފޮޓޯ ޑީޑަބްލިއު 

"މި ރިހަ ހަދާގޮތް އެނގެނީ ހަމައެކަނި ލ އަތޮޅު މީހުންނަށް އެހެންކަމުން ހޮޓަލުގެ މެނޭޖަރު އައްބާސް އިބްރާހިމް މި ރިހަ ހަދާގޮތް ކިޔައިދޭނެ،" ޑީޑަބްލިއު އިން ބުނެފައިވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުން މިރިހަ އެންމެ މީރީ ފަރުމަސް ނުވަތަ ފާނައިން ދިވެހި ހަވާދުގައި މަހުން ގުޅަ ހަދައިގެން ކެއްކުމުން ކަމަށެވެ. އަދި މި ރިހަ ލިބެނީ ބަތްކޮޅަކާ ސެލެޑުކޮޅަކާއެކު ކަމަށްވެސް އެނޫހުން ބުނެއެވެ. 

މި ރިހައަކީ އިންޑިއާ ކަޑުންބާނާ މަހުގެ ރިހަކަމަށާއި، އެއީ ވަރަށް މީރު ރިހައެއްކަމަށް ޑީޑަބްލިޔު އިން ބުނެފައިވެއެވެ. 

އެ ނޫހުން ބުނެފައިވާގޮތުން ފަތުރުވެރިންނަށް ގޮޅަރިހަ ތައްޓެެއް ލިބެނީ 9 ޔޫރޯ (147 ރުފިޔާ) އާއި 20 ޔޫރޯ (326 ރުފިޔާ) އާ ދެމެދުގެ އަގަކަށެވެ. 

 

85%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް