ads
'ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023' ގައި ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
ލީޑަރަކަށް ވެވެނީ ހުންނަ މަގާމަކުން ނޫން، ހަރުދަނާ ސިފަތަކެއް ހުރެގެން
ހަރުދަނާ ލީޑަރަކަށް ވެވޭނީ ހުންނަ މަގާމަކުން ނޫން ކަމަށާއި ހަރުދަނާ ސިފަތަކަކާއި އެކު ކޮންމެ މީހަކީވެސް ލީޑަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމު ކޮށްގެން ބޭއްވި 'ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023' ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިމާވާ ކޮންމެ ހާލަތެއްގައިވެސް މުޅި ޓީމު ގޮވައިގެން ކުރިއަށްދާން އެނގޭ މީހަކީ ހަގީގީ ލީޑަރު ކަމަށެވެ.

ގިނަ މީހުންނަށް ގަބޫލުކުރެެވިފައި ވަނީ ލީޑަރުންނަކީ ބާރުގަދަ މަގާމެއްގައި ހުންނަ މީހެއް ކަމަށް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ގައުމުގެ އެންމެ މަތީ މަގާމުތަކުން ފެށިގެން ކުންފުނިތަކުގެ އިސް މަގާމުތަކަކީ ލީޑަރުން ކަމަށް ގިނަ ބަޔަކަށް ސިފަވެފައިވާ ކަމަށެވެ.

your image'ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023' ނިންމުމުގެ ރަސްމިއްޔާތު - ފޮޓޯ:ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ ގައުމެއްގެ ކުރިއެރުން އެ ގައުމެއްގެ ލީޑަޝިޕާ ގުޅިފައިވަނީ ބައިވަރު ސަބަބުތަކަކާ ހުރެ ކަމަށެވެ. ގައުމުގެ މުސްތަގުބަލަށް ބޭނުންވާ މީހުން ބިނާކުރުމަކީ އެއިރެއްގައި އޮންނަ ލީޑަޝިޕެއްގެ ބޮޑު ޒިންމާއެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޒުވާނުން ބާރުވެރި ކުރުވާ މީހުން ބިނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެޗްއާރު ކޮންވެންޝަންގެ ބައިވެރިންނާ މުހާތަބުކުރައްވާ ނައިބު ރައީސް ވިދާޅުވީ އިންސާނީ ވަސީލަތް ހަރުދަނާ ކުރުމަށް މާޕުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ފައިދާ ކުރާނީ ލިބޭ މައުލޫމާތަކާއި އިލްމެއްގެ ބޭނުން ހިފައިގެން ކަމުގައެވެ.

ނެޝަނަލް ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ކޮންވެންޝަނުގެ މައިގަނޑު މައުލޫއަކަށް ކަނޑައަޅާފައި ވަނީ 'ކްރިއޭޓިންގް ވެލިއު އެންޑް ލީޑިންގް ދަ އޮގަނައިޒޭޝަން' އެވެ. މި އަހަރުގެ ކޮންވެންޝަނުގައި 11 އިންޓަނޭޝަނަލް ސްޕީކާސްގެ އިތުރުން ރާއްޖޭގައި ތިއްބެވި ދާއިރާގެ ސްޕީކާސް ބައިވެރިވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް