ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: ވިދާޅުވެފައިވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިމޭއިރު، ގެސްޓްހައުސްތަކާއި ހަންކެނޑެ ޕްރޮޖެކްޓާ އެކު، އައްޑޫ ސިޓީގައި ގާތްގަނޑަކަށް 6،000 އެނދު ގާއިމު ކުރެވޭނެ ކަމަށް - ފޮޓޯ:ރައީސް އޮފީސް
ގަން އެއާޕޯޓް މަޝްރޫއު އާއެކު 6،000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެ: ފައްޔާޒު
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އާއެކު 6،000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވެފައިވަނީ އެއާޕޯޓުގެ މަސައްކަތާ އެކު ފަތުރުވެރިކަމުގެ މާކެޓަށް އެނދު ނެރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހަންކެޑެ ތަރައްގީ ކުރުމަށް ވާން ޖެހޭ ތައްޔާރީތަކާއި ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވެފައިވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިމޭއިރު، ގެސްޓްހައުސްތަކާއި ހަންކެނޑެ ޕްރޮޖެކްޓާ އެކު، އައްޑޫ ސިޓީގައި ގާތްގަނޑަކަށް 6،000 އެނދު ގާއިމު ކުރެވޭނެ ކަމަށެވެ.

your imageގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު - ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

ފައްޔާޒު ވިދާޅުވި ގޮތުގައި އައްޑޫގެ ޓޫރިޒަމް އެހެން ރަށްރަށުގެ ޓޫރިޒަމާ ތަފާތު ކަމަށާއި އެ އަތޮޅުގެ ޓޫރިޒަމަށް ވަރަށް ބޮޑު ޖާގައެއް އޮތް ކަމަށް ސަރުކާރުން ގަބޫލުކުރައްވާ ކަމުގައެވެ. އެހެންނަމަވެސް ޕްރައިވެޓް ސެކްޓަ މެދުވެރިކޮށް ވިޔަފާރި ތަރައްގީ ކުރުމަށް ގޮންޖެހުންތައް އެބަހުރިކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ސަބަބެއް ކަމުގައި ފައްޔާޒު ވިދާޅުވީ، އައްޑޫގައި އެކަމާ ގުޅޭ އިންފްރާސްޓްރަކްޗާތައް ގާއިމުކުރެވިފައި ނެތުން ކަމަށެވެ.

އެއާޕޯޓު ތަރައްގީ ކޮށްފައި އޮތް ނަމަ ޝަންގްރިއްލާ އާއި ހެރެތެރެ ބަންދުކުރަން ނުޖެހުނީސް ކަމަށާއި ހަންކެޑެ އެތައް ބަޔަކަށް އެތައް ފަހަރަކު ކުއްޔަށް ދީ، އެއްބަސްވުން ބާތިލުކުރަން ނުޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާ އެކު ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކަށްވެސް ފައިދާ ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ފައިދާވާނެ ކަމަށާއި ކަންނެލި މަސްވެރިކަން ކުރާ މީހުން ބާނާ މަސް އެކްސްޕޯޓު ކުރުމަށް ފަސޭހަވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް