ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރު މަސައްކަތު ސައިޓުގައި މޮބިލައިޒްވާނެ ކަމަށާއި މަސައްކަތަށް އަމަލީ ސިފަ އަންނަ ތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.
އިއާދު ވިދާޅުވި ގޮތުގައި މަޝްރޫއުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާތީ 2025 ވަނަ އަހަރުގެ ކުރީކޮޅު ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކުން ލިބޭނެ ހިދުމަތްތަކާއި ވަސީލަތްތައް ގަން އެއާޕޯޓުން ލިބޭނެ ކަމުގައެވެ. އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބަދަލެއް ނާންނާނެ ގޮތަށް ކަމަށް އިއާދު ވިދާޅުވިއެވެ.
އިއާދު ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މި މަޝްރޫއު އާއެކު ދެކުނުގެ އަތޮޅުތަކަށް ފަތުުރުވެރިން ގެނައުމަށް ޑޮމެސްޓިކް ދަތުރުތަކަށް ކުރަން ޖެހޭ ހޭދަ ކުޑަވާނެކަމަށާއި އެ އެއާޕޯޓު ބޭރުގެ އެއާލައިންތަކާ ގުޅުވާލުމުން ދެކުނު ރަށްތަކުން އެކި ބޭނުންތަކުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ދަތުރުތަކަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ވިޔަފާރި އާއި އިގުތިސޯދީ ހަރަކާތްތައް ފުޅާވެ ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް އިއާދު ވިދާޅުވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު: