ads
ފިނޭންސް މިނިސްޓަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ރައީސް އޮފީސް
ޔުނިވަސިޓީ އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުވާނެ: ސަރުކާރު
ސަރުކާރުން ހިންގާ ޔުނިވަސިޓީގެ މުވައްޒަފުންގެ މުސާރަތަކަށް ގެނައި ބަދަލާއިއެކު، އިދާރީ މުވައްޒަފުންގެ މުސާރަވެސް 35 އިންސައްތަ ބޮޑުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ޔުނިވަސިޓީގެ މުވައްޒަފުންގެ މުސާރަ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ. ރާއްޖޭގެ ޔުނިވަސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

މުސާރަ ބޮޑުކުރިކަން އިއުލާނުކުރައްވާ ރައީސް ވިދާޅުވީ މިމަހު އެކަކުން ފެށިގެން ޔުނިވަސިޓީގެ ލެކްޗަރާއަކަށް އިތުރު ގަޑިއާ ނުލައި 29900 ރުފިޔާ މިހާރު ލިބޭނެ ކަމަށެވެ. އަދި އިތުރުގަޑިއާއެކު ކުރިން ލެކްޗަރާއަކަށް ލިބެނީ 18680 ރުފިޔާކަމަށާއި މިއީ 59 އިންސައްތަ ކުރިއެރުމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިން އިތުރުގަޑިއާއެކު 20831 ރުފިޔާ ލިބުނު ސީނިއާ ލެކްޗަރާއަކަށް، އަލަށް ގެނެވުނު ބަދަލާއިއެކު އިތުރު ގަޑި ނުލައި 34000 ރުފިޔާ، ކުރިން 23500 ރުފިޔާ ލިބުނު އެސިސްޓަންޓް ޕްރޮފެސަރަކަށް މިހާރު މުސާރަ 39400 ރުފިޔާ އަދި ކުރިން 26000 ރުފިޔާ ލިބުނު އެސޯސިއޭޓް ޕްރޮފެސަރަކަށް މިހާރު 45000 ރުފިޔާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިން 30000 ރުފިޔާ ލިބުނު ޑީންއަކަށް ނުވަތަ ހެޑް އޮފް ސެންޓައަކަށް މިހާރު 38000 ރުފިޔާ، ރަޖިސްޓްރާގެ މުސާރަ 320000 ރުފިޔާއި އިން 42000 ރުފިޔާއަށް، ޑެޕިއުޓީ ވައިސް ޗާންސެލަރގެ މުސާރަ 39000 ރުފިޔާ އިން 48000 ރުފިޔާއަށް ބޮޑުކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ގެނެވުނު ބަދަލާއެކު 760 މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިޔައިރު އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ މިކަމަށް އިތުރަށް ހަރަދުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޔުނިވަސިީ މުވައްޒަފުންގެ މުސާރައާއި ގުޅޭގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޔުނިވާސިޓީތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ވެސް ބޮޑުވާނެ ކަމަށެވެ.

އަމީރު ވިދާޅުނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ އިދާރީ މުވައްޒަފުންގެ ގޮތުގައި، 376 މުވައްޒަފުން ތިބިއިރު، އިސްލާމިކް ޔުނިވަސިޓީގެ އިދާރީ މުވައްޒަފުންގެ ގޮތުގައި 64 މުވައްޒަފުން އެބަތިބި ކަމަށެވެ. އެމުވައްޒަފުންނަށް ޖަބެޓުން މަހަކު ޖުމްލަ 951،973 ރުފިޔާ ހަރަދުވާއިރު އެއީ އަހަރަކަށް 11.3 މިލިއަން ރުފިޔާކަމަށް އަމީރު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް