އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ހަދިޔާކުރާ ކަދުރު ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރެވެނީ ރޯދަ ފެށޭ ހިސާބުގައިކަމަށެވެ. މިއަހަރު ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެކަމަށް ސައޫދީ ސަރުކާރުން އަންގާފައިވާ ކަމަށެވެ.
މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެގޮތުން މިއަހަރުވެސް ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށް ކަމަށާއި، ގޭބީސީންނަށް ކަދުރު ލިބޭނީ ފަގީރުންނަށް ބެހުމަށްފަހު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.