ads
މިއީ މިފަދަ ސްމިއުލޭޓަ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ރާއްޖޭގެ އެކެޑަމީއަކުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރު - ފޮޓޯ:މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ
އޭވިއޭޝަން އެކަޑަމީން ފުރަތަމަ ފަހަރަށް ސްމިއުލޭޓަ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ފަރާތުން ފުރަތަމަ ފަހަރަށް ސިމިއުލޭޓާ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ މިފަދަ ސްމިއުލޭޓަ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ރާއްޖޭގެ އެކެޑަމީއަކުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އުފައްދާފައިވަނީ މީގެ ކުރިން ހުރި ފްލައިން ސްކޫލަށް އެކި މައްސަލަތައް ދިމާވެ، އެ ތަނުގައި ކިޔަވަމުން އައި ދަރިވަރުންގެ ކިޔެވުން މެދުކަނޑާލަން ޖެހުމުން އެ ކުދިންނަށް ކިޔެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. މި އެކެޑަމީ ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގުޅިގެންނެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ހެޑް، ސުލްތާން ރާމިޒް ވިދާޅުވެފައިވަނީ އެ އެކެޑަމީގެ ފަރާތުން ފުރަތަމަ ފަހަރަށް ފަށާފައިވާ ސިމިއުލޭޓާ ފްލައިޓް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ފަސް ދަރިވަރުން ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މަގުސަދަކީ ދަރިވަރުން ޕައިލެޓުންނަށްވުމުގެ ކުރިން ސިމިއުލޭޓާގައި ފުރިހަމަކުރަން ޖެހޭ ގަޑިތައް ފުރިހަމަކުރުމަށް އެހީތެރިވެދިނުން ކަމަށް ސުލްތާން ވިދާޅުވިއެވެ. އެގޮތުން ޕައިލެޓުންނަށް ވުމުގެ ކުރިން ސިމިއުލޭޓާގައި ތިން ގަޑިއިރު ފުރިހަމަކުރަން ޖެހޭނެ ކަމަށާއި ކަނޑައެޅިފައިވާ ގަޑިތައް ފުރިހަމަކުރުމަށް ފަހު އެ ދަރިވަރުންނަށް ޕައިލެޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ކަމަށް ސުލްތޯން ވިދާޅުވިއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ކިޔެވުން ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ފެށިއިރު، އެ އެކެޑަމީ 25 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކަމަށް އެކެޑަމީން ބުނެއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖޫން މަހު ދަރިވަރުންގެ އާ ބެޗެއް ތަމްރީނު ކުރުމަށް އެ އެކެޑަމީގެ ފަރާތުން ތައްޔާރުވަމުން އަންނަ ކަމަށާއި އިތުރު ޕްރޮގްރާމުތައް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް