އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)އިން ހިންގަމުންދާ ގަން އެއާޕޯޓު އެއްއަހަރު ދުވަހުގެ މުއްދަތަށް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ އިންޝުއަރެންސް ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.
އޭއައިއޭއިން ބުނި ގޮތުގައި ގަން އެއާޕޯޓަށް ބޭނުންވާ އިންޝުއަރެންސް ޕޮލިސީތަކަކީ އެއާޕޯޓް ލަޔަބިލިޓީ އިންޝުއަރެންސް އާއި ޕްރޮޕަޓީ އޯލް ރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން އިންޝުއަރެންސް އަދި ޓެރަރިޒަމް އިންޝުއަރެންސް ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު:
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;