ads
ބީއެމްއެލުން ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ކޯޑިން ޕްރޮގްރާމެއް - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ކޯޑިން ޕްރޮގްރާމެއް
އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމެއް ބީއެމްއެލުން ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 12 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ކަމަށާއި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިން އެކަޑަމީން ކަަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނި ގޮތުގައި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުމާއި ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމުގެ އިތުރުން ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

your imageބީއެމްއެލުން ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ކޯޑިން ޕްރޮގްރާމެއް - ފޮޓޯ:ބީއެމްއެލް

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހި ކުރުމެވެ. މިކަން ހާސިލު ކުރުމަށްޓަކައި ކުޑަކުދިން މި ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް