ads
ފްލައިނަސްގެ ބޯޓެއް: އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ރާއްޖެ ހިމެނޭހެން ހަތަރު މަންޒިލަކަށް މިއަހަރު މުޅިން އަލަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށް.
ސައުދީގެ ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ރާއްޖެ ހިމެނޭހެން ހަތަރު މަންޒިލަކަށް މިއަހަރު މުޅިން އަލަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމުގައެވެ. ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އަރުމޭނިއާ، ތުރުކީ އަދި މޮންޓެނީގްރޯއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ކަމަށްވާ ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ހަމަޖެހިފައިވާ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށެވެ. މި އަހަރުގެ ހޫނު މޫސުމުގައި އެ އެއާލައިނުން 20 މަންޒިލަކަށް ދަތުރުކުރުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.

ފްލައިނަސްއިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ މެދުއިރުމަތީގައި އެންމެ އަގުހެޔޮކޮށް ދަތުރުތައް ކުރާ އެއާލައިނަކަށް ވުމާ އެކު، ބައިނަލްއަގުވާމީ ފެންވަރުގައި ފްލައިނަސް ހިމެނޭ ކެޓަގަރީގެ އެންމެ މޮޅު 10 އެއާލައިނުގެ ތެރޭގައި ހިމެނޭ އެއާލައިނަކަށްވުމެވެ.

ފްލައިނަސް އުފައްދައި އެ އެއާލައިނުން ހިދުމަތްދޭން ފަށާފައިވަނީ 2007 ވަނަ އަހަރުގައެވެ. ނަސްއެއާގެ ނަމުގައި އެ އެއާލައިނުގެ ދަތުރުތައް ފެށި ނަމަވެސް 2013 ވަނަ އަހަރު ފްލައިނަސްގެ ނަމަށް ބަދަލުކޮށް ފްލީޓު ވަރުގަދަކޮށްފައިވެއެވެ. ފްލައިނަސްގެ ފްލީޓުގައި މިހާރު 44 ބޯޓު އޮވެއެވެ. 

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާއިން އަންނަނީ 2016 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެއަށް ދަތުރު ކުރަމުންނެެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް