ads
ޓްރެފިކް ފުލުހުން މަގު ބަލަހައްޓަނީ:-
ލައިސަންސް ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްފި
މުއްދަތު ހަމަވެފައިވާ ލައިސަންސް އަދި މުއްދަތު ހަމަވާ ލައިސަންސް މިމަހުގެ ނިޔަލަށް ބޭނުންކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ސޮފްޓްވެއާއަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާތީ، ލައިސަންސް ދޫކުރުމާއިގުޅޭ އެންމެހާކަންކަން ޖެނުއަރީ 29 ވަނަ ދުވަހުން ފެށިގެންވަނީ މެދުކަނޑާލާފައެވެ.

ލައިސަންސާއި ގުޅެ ހިދުމަތްތައް މެދުކަނޑާލުމަށްފަހު، ސިވިލްއޭވިއޭޝަން މިނިސްޓްރީން ފުރަތަމަ ވަނީ މުއްދަތު ހަމަވެފައިވާ ލައިސަންސް ފެބްރުއަރީ މަހުގެ 14 ގެ ނިޔަލަށް ބޭނުން ކުރެވޭގޮތް ހަދާފައެވެ. އަދި އޭގެ ފަހުން އެމުއްދަތު ފެބްރުއަރީގެ ނިޔަލަށް އިތުރު ކުރިއެވެ.

ސިވިލްއޭވިއޭޝަން މިނިސްޓްރީން ބުނީ ބައެއް މަސައްކަތްތައް އަދިވެސް ނުނިމޭތީ، މުއްދަތު ހަމަވެފައިވާ ލައިސަންސް އަދި މުއްދަތު ހަމަވާ ލައިސަންސް މިމަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށެވެ.

ލައިސަންސް ދޫކުރުމުގެ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލީ، ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ބައެއް ތައްޔާރީތައް ވުމަށް ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ. 

އެއީ، އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތް ފެށުމުގެ ކުރިން ޑޭޓާ މައިގްރޭޝަންގެ މަސައްކަތެއް ކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް