މި މަގާމު ރާއްޖެއިން ހޯދީ އޮސްޓްރޭލިއާއި އޯޝެނިއާގެ ގައުމުތަކާއި ވާދަކޮށްގެންނެވެ.
މީގެއިތުރުން މިފަހަރުގެ ފެއާގެ ގަދަ 10 ގައުމުގެ ތެރޭގައިވެސް ރާއްޖެ ހިމެނެއެވެ. ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާގައި މިއަހަރު 150 އަށް ވުރެ ގިނަ ގައުމުން ބައިވެރި ވިއެވެ.
މި އަހަރުގެ ފެއާގައި ރާއްޖެއިން 91 ކުންފުންޏަކުން 233 އެގްޒިބިޓަރުން ބައިވެރިވިއެވެ.
މިފަހަރު ބާލިން ފެއާގައި ރާއްޖޭގެ ސްޓޭންޑުން ދައްކުވައިދިނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތާއި ރާއްޖޭގެ ސަގާފަތެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖަރުމަނަށް ވަޑައިގެން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރެއްވިއެވެ.