ads
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް
ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އާލާސްކަންފުޅާ އުޅުއްވާތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެެވެ.
Advertisement
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އާލާސްކަންފުޅާ އުޅުއްވާތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެެވެ.

ރައީސް މައުމޫންގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް ބޭފުޅަކު ވަނީ މިކަން ސީއެންއެމް އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫން މިއަދު ފަތިހުގެ ވަގުތުގައި އެޑްމިޓް ކޮށްފައިވަނީ އައިޖީއެމްއެޗްގައި ކަމަށެވެ. އެޑްމިޓް ކުރީ ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަސްވެފައިވާތީ ޓެސްޓްތަކެއް ހެދުމަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަސް އިއްޔެ ފާހަގަކޮށްފައި ވަނިކޮށެވެ.

ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން އަބަދުވެސް ފަރުވާ ހޯއްދަވަމުން ގެންދަވަ އެެވެ.

ރައީސް މައުމޫނަކީ އަބަދުވެސް ސިއްހަތަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ދިރިއުޅުމުގެ އާދަތައް ހިފަހައްޓަވާ ބޭފުޅެއް ކަމަށްވެސް އަރިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް