ads
ދިޕިކާ ޕަދުކޯން
ދިޕިކާ އޮސްކާއަށް
ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަދުކޯން އޮސްކާ 2023 ޕްރެޒެންޓު ކުރުމަށް ފުރައިފިއެވެ.

އޭނާ އިންޑިއާއިން ފުރުވަން ދިޔައީ އޭނާގެ ފިރިމީހާ ރަންވީރު ސިންހު އެވެ. އޮސްކާ ޕްރެޒެންޓުކުރަން ދިޕިކާއަށް ފުރުސަތުލިބުމާއެކު ޓެމިލް ފިލްމު 'އާރްއާރްއަރް" އަށް އޮސްކާ ލިބިދާނެކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ. 

ދިޕިކާ ފުރަން ދިޔައިރު ގިނަބަޔަކަށް ލޮލުގައި އަޅައިގަތީ ރަންވީރު ސިންގް އޭނާގެ ލޯބިވާ އަންހެނުން އެއާޕޯޓަށް ލާންގޮސް ފިރިމީހާގެ ވާޖިބު އަދާކުރަމުން ދިޔަ ގޮތެވެ. 

"އާރްއާރްއާރް" އަށް އޮސްކާ ލިބޭނެކަމަށް ބެލެވޭއިރު، މިއަހަރު އެންމެ ފަހުން ނެރުނު ދިޕިކާ ޕަދުކޯންގެ ފިލްމު "ޕަޓާން" އަކީ ފަހުގެ ތާރީހެއްގައި ނެރުނު އެންމެ ހިނގި އެެއް ބޮލީވުޑް ފިލްމެވެ. އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުން 1،000 ކަރޯޑު ރުޕީޒް   ލިބިފައިވާއިރު "އާރުއާރުއާރު" އަށް ވަނީ 1،200 ކަރޯޑު ރުޕީޒް ލިބިފައެވެ. މި ދެ ފިލްމަކީ ފަހުގެ ތާރީހެއްގައި އިންޑިގައި ނުކުތް އެންމެ ފާހަގަކޮށްލެވޭ ދެ ފިލްމެވެ. 

ދިޕިކާ އަށް ވަނީ ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ޓްރޮފީ ދަނޑަށް ގެންދިއުމަށް ބޭއްވި ހަފްލާއިން ވެސް ފުރުސަތު ލިބިފައެވެ. އެއީ އިންޑިއާ މީހަކަށް އެފަދަ ޝަރަފެެއް ލިބުނު ފުރަތަަމަފަހަރެެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް