ads
ޑޭވިޑް ޖޭމްސް
ސްޕޯޓްސް އެވޯޑަށް ކުރީގެ އިގިރޭސި އެއްވަނަ ކީޕަރު ރާއްޖެ އަންނާނީ
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޑޭވިޑް ޖޭމްސް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 އަށް ރާއްޖެ އަންނަން ތައްޔާރު ވެއްޖެއެވެ.
Advertisement

މި އަހަރުގެ ސްޕޯޓްސް އެވޯޑް އޮންނާނީ އަންނަ ހަފްތާގައެވެ. މި އެވޯޑަށް މި ފަހަރު އަންނަ ބޭރުގެ ތަރިންގެ ނަންތައް ކުޅިވަރު މިނިސްޓްރީން މިހާރު އާއްމުކުރަން ފަށާފައިވާއިރު، ކުރީގެ އިނގިރޭސި އެއްވަނަ ކީޕަރު އެއީ އޭގެ ތެރެއިން އެކަކެކެވެ. 

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް، ކުޅިވަރުގެ ތަފާތު ދާއިރާތަކުން ހޯދާ ކާމިޔާބީ ފާހަގަކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަށް ސަރުކާރުން ދޭ އެވޯޑެކެވެ. މި އެވޯޑް ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ. 

މި އަހަރުގެ އެވޯޑްސް ބާއްވަން ކުޅިވަރު މިނިސްޓްރީން ނިންމާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ހުނަރާއި ވަނަތައް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖްތަމައެއް ބިނާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ސްޕޯޓްސް އެވޯޑް އިވެންޓް މިދިޔަ އަހަރުވެސް ވެގެންދިޔައީ ވަރަށް ގިނަގޮތް ގޮތުން ފާހަގަކޮށްލެވޭ ކުޅިވަރު އިވެންޓަކަށެވެ.

މިދިޔަ އަހަރު އޮތް ސްޕޯޓްސް އެވޯޑްގައި ދުނިޔޭގެ ފެންވަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރު ލެޖެންޑުން، ވޯލްޑް ރެކޯޑް ހޯލްޑަރުން ބައިވެރިވިއެވެ. މިދިޔަ އަހަރުގެ އިވެންޓުން ފާހަގަވި އެތްލީޓުންގެ ތެރޭގައި ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސްއާ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ ހިމެނެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި 12 އެވޯޑެއް މިދިޔަ އަހަރު ދިނެވެ. އެވޯޑުތަކުގެ ތެރޭގައި އެތުލީޓް އޮފް ދަ އިޔަރ އެވޯޑް އަންހެން އަދި ފިރިހެން، ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފްދަ އިޔަރ އެވޯޑް އަންހެން، ފިރިހެން، ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަން އޮފް ދަ އިޔަރ އެވޯޑް، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑު، މީޑިއާ އޮފް ދަ އިޔަރ އިން ސްޕޯޓްސް ކަވަރޭޖް އެވޯޑް އޮންލައިން އަދި ބްރޯޑްކާސްޓިން ހިމެނެއެވެ. 

މީގެ އިތުރުން މިއެވޯޑްސްގައި ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ކޯޗް އޮފް ދަ އިޔަރ އެވޯޑް، އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ބައި މިނިސްޓްރީ އޮފް ސްޕޯޓްސް ހިމެނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް