ads
ޑީއެންއާރާއި އެންކްރިއާ ވި އެއްބަސް ވުމުގައި ސޮއި ކުރުމުގެ ތެރެއިން - ފޮޓޯ: ޑީއެންއާރް
އައިޑީ ކާޑުގެ ފަރުމާ ބަދަލުކުރަން އެންކްރި އާ ހަވާލުކޮށްފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން އެންކްރިއާ އާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުޅިން އާ ފަރުމާއެއް ހަދަން ޑީއެންއާރުން ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު ފަރުމާތަކުގެ ތެރެއިން އެއްވަނަ އަށް " އެންކްރިއާ ޕްރައިވެޓް ލިމިޓެޑް " ގޮސް އައިޑީ ކާޑު ފަރުމާ ކުރަން ހަވާލުކޮށް ޑީއެންއާރުން ވަނީ އެއްބަސް ވުމެއް ހަދައި އޭގައި ސޮއިކޮށްފައެވެ. 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަރުމާ ބަދަލުކުރުމަށް ހުޅުވާލީ މިދިޔަ އަހަރުގެ 27 ޖޫންގައި ނަމަވެސް ސާވާވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އިއުލާން ބާތިލު ކުރުމަށްފަހު އޮކްޓޯބަރު މަހުގެ 16 ގެ ނަޔަލަށް ވަނީ ދުވަސް އިތުރުކޮށްފައެވެ.

އައިޑީ ކާޑަށް އެންމެ ފުރިހަމަ ފަރުމާ ހުށަހަޅާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ އޮތީ ހުށައަޅާފައެވެ. ޑީއެންއާރުން ކުރިން ބުނެފައިވަނީ އަލަށް ޑިޒައިން ކުރާ އައިޑީ ކާޑު ވާންވާނީ ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ފީޗާތަކާއިއެކު ތައާރަފު ކުރާ ސްމާޓް އައިޑީ ކާޑަކަށެވެ. 

އެންކްރިއާ އަކީ މީގެ ކުރިން ތަފާތު އެކި ޑިޒައިން ތަކެއް އުފައްދާ މޮޅެތި ފަންނާނުން ތަކެއް ހުރި ކުންފުންޏެކެވެ. މިގޮތުން 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މުޅި ބްރޭންޑިން ފަރުމާކޮށްފައިވަނީވެސް އެންކްރިއާ އިންނެވެ. އޭގެއިތުރުން "މަގޭމަހަލްދީބް" ގެ ލެޓަރިން މަސައްކަތާއި މީގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ވަނީ އެ ކުންފުނިން ކޮށްފައެވެ.

މިހާރު ބޭނުން ކުރަމުންދާ އައިޑީ ކާޑު ހެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކަރުގައި 1984ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް