މި މައްސަލައިގައި ނޫސްތަކާ ވާހަކަ ދައްކަމުން ރަންބީރު ބުނީ ޕަޕަރާޒީންގެ އަމަލުތައް "ވަރަށް ހުތުރު" ކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އާލިއާ ބަޓް އިންޑިއާގެ މުމްބާއީގައި ހުންނަ އެމީހުންގެ ގެެއަށް ގޮސް އުޅެނިކޮށް ޕަޕަރާޒީން ވަނީ އޭނާގެ ފޮޓޯތަކެއް ސިއްރުން ނަގާފައެވެ. ޕަޕަރާޒީން ފޮޓޯ ނަގާކަން ފަޅާއެރީ އާލިއާއަށެވެ. އެ މައްސަލައިގައި އާލިއާ ބަޓް ވަނީ މުމްބާއީ ފުލުހަށް ވެސް މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައިގައި އިންސާފު ހޯދުމަށް ކޯޓަށް ދާން ޖެހުނަށް އެކަން ކުރާނެ ކަމަށްވެސް އާލިއާ އަދި ރަންބީރު ވަނީ ބުނެފައެވެ. އާލިއާ ބަޓްގެ ޒާތީ ފޮޓޯތަކެއް ސިއްރުން ނަގާފައިވަނީ އިންޑިއާގެ މަޝްހޫރު ނޫހެއްގެ ޕަޕަރާޒީ ނޫސްވެރިންކަމަށް ރިޕޯޓުތައް ބުނެއެވެ.