ads
އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދު ކުރަނީ
ރޯދައަށް އެހެން ގައުމުތަކުގެ ހާފިޒުން ގެނައުން ސަގާފަތަކަށް
ކޮންމެ އަހަރެއްގެ ރަމަޝާންމަހާއި ދިމާކޮށް ގުރުއާން ހިތުދަސް ހާފިޒުން ގެނައުން މިހާރު ސަގާފަތަކަށް ވެއްޖެކަމަށް އެއްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
Advertisement

ދީނީ ނަސޭހަތް ދެއްވުމަށް ބޭއްވެވި ދަރުސް އެއްގައި ވާހަކަ ދަައްކަވަމުން ޝައިޚް އާދަމް ޝަމީމް އިތުރަށް ވިދާޅުވީ، މިގޮތަށް ގެންނަ ހާފިޒުންނަށް، އެމީހުންގެންނަ ފަރާތްތަކުން، ތަރާވީސް ނަމާދު ކުރުމަށް ކޮންމެ ރެއަކުވެސް ވަކިވަރަކަށް، ވަކި ވަގުތުތަކެއްގައި ކިޔެވުން މަޖުބޫރުކޮށްފައިވާ ކަމަށާއި، އެހެން ހެދުމުގެ ސަބަބުން ގުރުއާން ކިޔަވަންޖެހޭ ގޮތަށް ނުކިޔެވި، ފަހަތުގައި ނަމާދުކުރަން ތިބޭމީހުންނަށް އުނދަގޫ ވާފަދަ ހާލަތްތަައް މެދުވެރިވަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން ސީއެންއެމް މިހާތަނަށް ބެލިބެލުމުން، ރޯދަ މަހާއި ދިމާކޮށް ހާފިޒުން ގެނައުމަކީ މިހާރު ވިޔަފާރިއަކަށް ވެފައިވާކަމެއްކަމައް، މިކަމުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަދި ދިވެހި ސަރުކާރުގައި ގެޒެޓްކޮށް، ކޮންޓްރެކްޓް އުސޫލުން މިކަންތައް ކުރަން ވިޔަފާރި ތަކަށް ނުވަތަ އަމިއްލަ ފަރުދުންނަށް ހަވާލުކުރާކަން ވެސް ވަނީ އެނގިފައިއެވެ. 

މިގޮތުން ގދ ތިނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ ލިއުމެއްގައި ރޯދައަށް ތިނަދޫ މިސްކިތްތަކުގައި އިމާމްވެ ތަރާވީހް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް "މޮހްރިޒް އިންވެސްޓްމެންޓް" އާއި ހަވާލުކޮށްފައިވާ ކަމަށް ބުނެ ޕޯސްޓް ކޮށްފައި ވެއެވެ.

ބައެއް ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގައިވެސް ގުރުއާން ހިތުދަސް ހާފިޒުން ގިނައަދަދަކަށް ތިބުމާއިއެކު، ބޭރުން ހާފިޒުން ގެންނަން ކުރަމުންއައި މަސައްކަތް މަދުކޮށް، އެފުރުސަތު ދިވެހި ހާފިޒުންނަށް ތަނަވަސްކޮށްދީފި ނަމަ، އެކަަމަށް ސަރުކާރުން ކުރާ ހޭދަ އެތައްތަނަކުން ލުއި ވެގެންދާނެއެވެ.

އެހެންނަމަވެސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ކުރިން ހާމަކޮށްފައިވަ ގޮތުން، މިގޮތަށް ގެންނަ ހާފިޒުން ގެނައުމުގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އެކަމަށް ހުއްދަ ހޯދަން ޖެހެއެވެ.

ދީނީ ބައެއް އިލްމްވެރިންގެ މި ކަންބޮޑުވުންތަކާއި ގުޅިގެން ބަހެއް ހޯދާލުމަށް ސީއެންއެމް އިން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަހްމަދު ޒާހިރަށް ގުޅާލިނަމަވެސް، ލިޔުން ޕަބްލިޝްކުރުމާއި ހަމައަށް ފޯނަށް ޖަވާބުދެއްވާފައިނުވާތީ، އިސްލާމިކް މިނިސްޓްރީ އިން މިކަމާއި ބެހޭގޮތުން ދެކޭގޮތް ގެނެސްދެވޭނެގޮތް ވަނީ ނުވަފައިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް