ads
ޓްރަމްޕް--
ރޭޕް ކުރިކަމަށް ބުނެ ޓްރަމްޕްއާއި ދެކޮޅަށް ހުށަހެޅި ހެކިތައް ކޯޓުން ބަލައިގެންފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދެކޮޅަށް އެމެރިކާގެ ކޯޓެެއްގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމުގައި ޓްރަމްޕްއާއި ދެކޮޅަށް ހުށަހެޅި ވީޑިއޯ ހެކީގެ ގޮތުގައި ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމައިފިއެވެ.
Advertisement

މި މައްސަލައިގައި ޓްރަމްޕްއާއި ދެކޮޅަށް ދައުވާކުރަނީ، ލިޔުންތެރިޔާ އީ ޖީން ކެރޯލް އެވެ. އޭނާ ބުނާގޮތުން ޓްރަމްޕް އޭނާ ރޭޕް ކޮށްފައިވަނީ 1990 ގެ އަހަރުތަކުގެ ތެރޭގައެވެ. 

އެ މައްސަލައިގައި ފެޑްރަލް ކޯޓުގެ ފަނޑިޔާރެއް މިއަދު ނިންމަވާފައިވަނީ 'އެކްސެސް ހޮލީވުޑް ޓޭޕް' ނަމުގައި ހުށަހެޅި ވީޑިއޯ ހެކީގެ ގޮތުގައި ބަލައިގަތުމަށެވެ.  

މެންހެންޓަންގެ ޑިސްޓްރިކްޓް ކޯޓުގައު މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ލޫއިސް ކެޕްލަން، ވަނީ މީގެ އަހަރުތަކެއް ކުރިން ވަކި ހާދިސާތަކެއްގައި ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އިތުރު ދެ އަންހެނެއްގެ ހެކިބަސް ވެސް ނެގުމަށް ނިންމާފައެވެ.  

your imageލިޔުންތެރިޔާ އީ ޖީން ކެރޯލް

“ޓްރަމްޕް ވަކީލުން ފޮރުވަން މަސައްކަތްކުރީ ގިނަ ހެކިތަކަކީ ޓްރަމްޕް ކެރޯލް ނޫން އެހެން އަންހެނުންނަށް އަނިޔާކޮށްފައިވާ ނުވަތަ އަނިޔާ ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް، އޭނާ ކެރޯލް ރޭޕު ކުރި ކަމަށް ތުހުމަތުކުރެވޭ ހެކިތައް،" މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ބުންޏެވެ.

އުމުރުން 76 އަހަރުގެ ޓްރަމްޕް ވަނީ މިހާރު އުމުރުން 79 އަހަރުގެ ކެރޯލް ރޭޕްކުރި ކަމަށް ކުރެވޭ ތުހުމަތު ދޮގުކޮށްފައެވެ. ޓްރަމްޕު ބުނަނީ 1995 ނުވަތަ 1996 ވަނަ އަހަރު ބާގްޑޯފް ގުޑްމަންގެ ޑިޕާޓްމަންޓް ސްޓޯރުގެ ޑްރެސިން ރޫމެއްގައި އޭނާއަށް ކެރޯލް ހަމަލާދިން ކަމަށެވެ.

ކެރޯލްގެ ދައުވާގައި ބުނެފައި ވަނީ 2019 ވަނަ އަހަރު ޓްރަމްޕް އޭނާގެ އަބުރުކަތިލުމަށް ދޮގުހެދީ، ސިޔާސީ ކަންކަމާއި ފައިސާގެ ސަބަބުން އެކައުންޓް ހެދުމަށް ބާރުއެޅުވުމުގެ ގޮތުންނެވެ. 

“އެކްސެސް ހޮލީވުޑް” ޓޭޕް އަކީ  2005 ވަނަ އަހަރު ރެކޯޑުކޮށްފައިވާ ޓޭޕްއެކެވެ. ނަމަވެސް ޓޭޕު އާންމުވީ 2016 ވަނަ އަހަރުގެ އިންތިޚާބުގެ ކުޑައިރުކޮޅެއް ކުރިން، ޓްރަމްޕް ފުރަތަމަ ރިޔާސީ އިންތިހާބަށް ވާދަކުރެއްވި ދުވަސްވަރު އެވެ.

“އަހަރެން އޮޓޮމެޓިކުން ރީތި އަންހެނުންނާ ޝައުގުވެރިވާ ކުދިންނަށް ހަމަ ބޮސްދޭން ފަށަނީ. އެއީ ދަގަތްފާނެއް ފަދަ ކަމެއް. ހަމަ ބޮސްދެނީ އަހަރެން މަޑުވެސް ނުކުރަން،” އެ ޓޭޕްގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެޓޭޕުން ފެންނަނީ ކްލަބެއްގެ ތެރޭގައި އޮތް ޕާޓީއެއްގައި ރުހުމެއް ނެތި އަންހެން ކުދިންނަށް ޓްރަމްޕު ފޮށި ފުރައްސާރަކުރާ މަންޒަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް