ads
ދަރުމަވަންތަ ސްކޫލް މިހާރު ހިންގާ އިމާރާތް
ދަރުމަވަންތައާއި އަރަބިއްޔާ ބަދަލުކުރަން މަޝްވަރާ ކުރަނީ
ދަރުމަވަންތަ ސްކޫލް އެސްކޫލްގެ އާ އިމާރާތްތަކަށް ބަދަލު ކުރުމާއި، މިހާރު ދަރުމަވަންތަ ސްކޫލް ހުރިތަނަށް އަރަބިއްޔާ ސްކޫލް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރަމުން ގެންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދަރުމަވަންތަ ސްކޫލް އެސްކޫލްގެ އާ އިމާރާތްތަކަށް ބަދަލު ކުރުމާއި، މިހާރު ދަރުމަވަންތަ ސްކޫލް ހުރިތަނަށް އަރަބިއްޔާ ސްކޫލް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ބުނި ނަމަވެސް އެޑިއުކޭޝަނުން އިތުރު މައުލޫމާތެއް ނުދެއެވެ. މިނިސްޓްރީން ބުނީ މަޝްވަރާތައް ނިމުމުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ވިލާކޮލެޖް ހުންނަ ސަރަހައްދުގައި މާލޭ ޖަލާއި އިންވެގެން އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ސްކޫލްގެ މަސައްކަތް އަދި އެއްކޮށް ނުނިމެއެވެ.

އެހެންކަމުން އެ އިމާރާތް ނުނިމެނީ އެތަނަށް ދަރިވަރުން ބަދަލުކުރަން އުޅޭކަމަށް ބުނެ ބެލެނިވެރިން ވަނީ ހިތްހަމަނުގެހުން ފާޅުކޮށްފައެވެ. 

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތްތައް، އެ ޕްރޮޖެކްޓް ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަނަށެވެ. ދަރުމަވަންތައިގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެކު އެންމެ ފުރަތަމަ ސޮއިކުރީ 2020 ގެ ފެބްރުއަރީ މަހުގައެވެ. އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް ސްކޫލުގެ އިތުރު މަސައްކަތް ހުރުމުން އިތުރު 20 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިދިޔަ އަހަރު އޮގަސްޓްމަހު ސޮއިކުރިއެވެ. މި އެބަސްވުން އެކުލަވާލީ 150 ދުވަހަށެވެ.

އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް ހަލާކުވެ އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނުވުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ހިންގަމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީން ހިންގި އިމާރާތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް