ads
ދިޕިކާ ޕަދުކޯން
ނޫސްވެރިންނަށް ދިޕިކާ އޮޅިއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަދުކޯން އަކީ ކާކުކަން އެމެރިކާގެ ބައެއް މީޑިއާތަކަށް އޮޅިއްޖެއެވެ.

ދިޕިކާ ވަނީ މީގެ ދެ ދުވަސްކުރިން އޮސްކާ ހުށަހެޅުމަށް އެމެރިކާގެ ހޮލީވުޑަށް ފުރާފައެވެ. 

މިގޮތުން އޮސްކާގައި ދިޕިކާ ޕްރެޒެންޓުކުރާ ބައެއް މަންޒަރުތައް ޕޯސްޓުކުރުމަށްފަހު ގެޓީ އިމޭޖެސް އިން ބުނެފައިވަނީ އެއީ ބްރެޒިލްގެ މޮޑެލް ކެމިލާ އަލްވޭސް ކަމަށެވެ. 

ނަމަވެސް ދިޕިކާގެ ސަޕޯޓަރުން ވަނީ އެ މައްސަލަ ގެޓީ އިމޭޖެސްގެ ޓީމުގެ ސަަމާލުކަަމަށް ގެނެސްފައެވެ. އަދި މިހާރު ދިޕިކާގެ ފޮޓޯތަކުގައި ޖަހާފައިވާ ނަންތައް ވަނީ އިސްލާހުކޮށްފައެވެ. 

2023 ވަނަ އަހަރުގެ އޮސްކާގެ ރެޑް ކާޕެޓްގައި ލޫއީ ވިޓަންގެ ކްލާސިކް އޮފް ޝޯލްޑާ ގައުނެއްގައި ދީޕިކާ ފެނިގެން ދިޔައިރު އޭނާގެ ފަރާތުން ފެނުނު ޕާފޯމަންސް ވެސް އެހާ ފުރިހަމައެވެ. 

ދިޕިކާ ޕްރެޒެންޓް ކުރަން ދިޔައީ 2023 ވަނަ އަހަރު އެކެޑެމީ އެވޯޑްސްގައި އެންމެ މޮޅު އޮރިޖިނަލް ލަވަ ހޯދި ރާޖަމޫލީގެ އާރުއާރު އިން އިންޑިއާގެ މަޝްހޫރު ލަވަ "ނަޓޫ ނަޓޫ" އެވެ. ދިޕިކާ ވަނީ އެލަވަ އަދި ޓްރިޕުލްއާރު އިން ހޯދި ކާމިޔާބީއާމެދު ފަހުރުވެރިވާކަމަށް ބުނެފައެވެ. 

ދިޕިކާ އެންމެ ފަހުން ކުޅިނު ފިލްމު 'ޕަޓާން' އިން ވެސް އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. މިގޮތުން ބޮލީވުޑްގައި މިހާތަނަށް ނެރުނު އެންމެ ބޮކްސް އޮފީހުގައި ހިނގި ފިލްމަކީ 'ޕަޓާން' އެވެ. 

55%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް