ads
ޝާހުރުކް ހާން އަދި ދިޕިކާ ޕަދުކޯން
ދިޕިކާގެ ރައްދު ޝާހުރުކް ހާން އަށް
ބޮލީވުޑްގެ މެގަ ސްޓާ ޝާހުރުކް ހާން ހޮލީވުޑް ފިލްމެއް ކުޅެން ނުދާނެކަމަށް ބުނުމުން ބޮލީވުޑްގެ ތަރި ދިޕިކާ ޕަދުކޯން ޝާހުރުކް ހާން އަށް މިއަދު ރައްދު ދީފިއެވެ.
Advertisement

ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝާހުރުކް ހާން ބުނެފައިވަނީ އެނާ ހޮލީވުޑް ފިލްމުތައް ކުޅެން ދާން ބޭނުންނުވަނީ އޭނާ "ބޭނުންވާ ހުރިހާ ކަމެއް އިންޑިއާއިން" ކުރެވޭތީއެވެ. 

ނަމަވެސް ޝާހުގެ މި ވާހަކަތައް އޭނާއާއި އެކު ދާދިފަހުން ސުޕަ ހިޓް ފިލްމު 'ޕަޓާން' ކުޅުނު ދިޕިކާ ޕަދުކޯން އަށް ކަމަކުނުދިޔައެވެ. 

ޝާހު ހޮލީވުޑަށް ނުދާނެކަމަށް ބުނި ބުނުމާއި ގުޅޭގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ބުނީ އޭނާ އަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ފުރުސަތުތައްލިބޭ ކަމަށެވެ. އަދި އޭނާ އެފުރުސަތުގެ ބޭނުން ހިފާނެކަމަށެވެ. 

"އަހަރެންނަށް ޔަގީންކަންވެސް އޮވޭ ކުރަންޖެހުނު މިފަދަ ކޮންމެ ކަމެއް ކުރެވޭނެކަން. ބޭނުމެއް ނޫން ފުރުސަތުތައް ދޫކޮށްލާކަށް. މުހިންމީ އަމިއްލަ ނަސްފަށް އިތުބާރުކުރުން،" ދާދިފަހުން އޮސްކާވެސް ހުށަހަޅައިިދިން ތަރި ދިޕިކާ ބުންޏެވެ. 

ދިޕިކާ ވަނީ ގަތަރުގައި ބޭއްވި ވޯލްޑްކަޕްގައި އެ މުބާރާތުގެ ޓްރޮފީ ދަނޑަށް ގެންދިއުމުގެ ޝަރަފުވެސް ހޯދާފައެވެ. އަދި އޭނާގެ އެނެމް ފަހުގެ ފިލްމު 'ޕަޓާން' އަކީ ބޮލީވުޑް ތާރީހުގައި ވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ހޯދި ފިލްމުގެ ރެކޯޑު ގާއިމްކޮށްފައިވާ ފިލްމެކެވެ.  

50%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް