ads
ރޯދައަށް 550 ޓަނު ކަރާ ލިބޭނެ
ރޯދައަށް 8 މިލިއަން ރުފިޔާގެ ކަރާ ނެރެވޭނެ
ދިވެހި ދަނޑުވެރިންގެ މަސައްކަތުން، މިއަހަރުގެ ރޯދަ މަހަށް، ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ ކަރާ ނެރެވޭނެކަމަށް ދައްކައިފިއެވެ.

ރޯދަމަހާއި ދިމާކޮށް ދިވެހި ދަނޑުވެރިން ހައްދަމުންދާ ތަކެއްޗާއި ބެހޭގޮތުން މައުލޫމާތު ހޯދާލުމަށް ސީއެންއެމް އިން ކުރި މަސައްކަތުން، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ ރޯދައަށް ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް ބެލެވޭއިރު އެއީ ގާތްގަނޑަކަށް 550 ޓަނުގެ ކަރައެވެ.

މީގެތެރެއިން ގދ.ވާދޫ އިން 135 ޓަނުގެ ކަރާ ނެރެވޭނެކަމަށް ބަލާއިރު، އއ.ތޮއްޑޫ އިން ގާތްގަނޑަކަށް 200 ޓަނުގެ ކަރާ އަދި ދަނޑުވެރިކަމަށް ހާއްސަކޮށް ދައުލަތުން އުފައްދާފައިވާ ކުންފުނި، އެގްރޯނެޓް ގެ ކޮންޓްރެކްޓް ފާމިންގެ ދަށުން 124 ޓަނުގެ ކަރާ ނެރެވޭނެކަމަށް ދަނޑުވެރިންނާއި ހަވާލާދީ ގދ.ވާދޫ އަދި އއ.ތޮއްޑޫގެ ކައުންސިލް އިދާރާއިންނާއި އެގްރޯނެޓް ކޯޕަރޭޝަން އިން ސީއެންއެމް އަށް މައުލޫމާތު ދީފައިވެއެވެ.

your imageއަށް މިލިއަން ރުފިޔާގެ ކަރާ ބާޒާރަށް ނެރޭނެކަމަށް ބެލެވޭ

ރާއްޖޭގައި ފުޅާ ދާއިރާގެއްގައި ދަނޑުވެރިކަންކުރާ އެހެނިހެން ރަށްތަކަށް ބަލާއިރު، އައްޑުއަތޮޅުން ގާތްގަނޑަކަށް 30 ޓަނުގެ ކަރާ އުފައްދާނެކަމަށް ބެލެވިފައިވިޔަސް، މިފަހަރު އައްޑޫގެ ދަނޑުވެރިން ހެއްދީ ހަމައެކަނި އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ މިންވަރުކަމަށް ވުމާއިއެކު، އައްޑޫ ސިޓީ އިން އުފައްދާ ކަރާ މާލޭގެ ބާޒާރަށް ފޮނުވާނެކަމަށް ނުބެލެވޭ ކަމަށް އައްޑޫ ސިޓީ އިން ސީއެންއެމް އާއި ވާހަކަދެއްކެވި ފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ. 

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ކުރިއަށް، އައްޑޫ ދަނޑުވެރިންނަކީ ވަރަށް ފުދުންތެރިކަމާއި އެކު ހަރަކާތްތެރިވި ބައެއްކަމަށް ވީނަމަވެސް، ކޮވިޑް އާއި އެކު އައްޑުއަތޮޅުގެ ރިސޯޓް ތައް ބަންދުކުރުމުން، އައްޑޫ ދަނޑުވެރިންނަށް، އެމީހުން ހައްދާ ތަކެތި މާކެޓް ކުރެވޭނެ ގޮތެއް މިހާރު ނެތްކަމަށާއި، އެހެންކަމުން ދަނޑުވެރިކަން ކުރާ މީހުންގެ ނިސްބަތް މިހާރު ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށްވެސް ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ދައުލަތުގެ ކުންފުނި، އެގްރޯނެޓް އިން ދަނޑުވެރި ކަންކުރާފަރާތްތަކަށްޓަކައި ކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިވާ ކަމަށާއި އެހެންނަމަވެސް، އެގްރޯނެޓް އިން "ފްލެޓް" ރޭޓެއްގައި ރާއްޖޭގެ ހުރިހާހިސާބަކުން ދަނޑުވެރިންގެ އަތުން ތަކެތި ގަންނަ އުސޫލުގެ ތެރެއިން އައްޑޫ ދަނޑުވެރިނަން ލިބެނީ ގެއްލުން ކަމަށާއި، އެއީ ދަނޑުހެއްދުމަށް އައްޑޫ ރައްޔިތުން ކުރާ ހޭދަ، މާލެ އާއި ކައިރި އެހެން ރަށްތަކާއި އަޅާބަލާއިރު، ނިސްބަތުން ބޮޑުވާތީ ކަމަށްވެސް އެފަރާތުން ފާހަގަ ކުރެއްވިއެވެ.

ފުވައްމުލަކަށް ބަލާލާއިރު، ފުވައްމުލަކުންވެސް ގާތްގަނޑަކަށް 60 ޓަނުގެ ކަރާ އުފެއްދޭނެކަމަށް ލަފާކުރާމަށް އެރަށުން މައުލުމާތު ދީފައިވެއެވެ. އެހެންނަމަވެސް، އެރަށުގެ ދަނޑުވެރިންގެ ވެސް ވިސްނުންހުރީ މާލެ ފޮނުވުމުގެ ބަދަލުގައި އެރަށުތެރެއަށް ވިއްކުމަށް ކަމަށްވެސް އެރަށުން ވާހަކަދެއްކެވި ފަރާތުން މިނޫހަށް މައުލާތު ދީފައިވެއެވެ. ސަބަބަކީ ގާތްގަނޑަކަށް 60 ޓަނުގެ ކަރައަކީ ފުވައްމުލަކު އާބާދީ އަށް މި ރޯދަމަހު ބޭނުންވާނެ މިންވަރު ކަމަށްވާތީ އާއެއެކު، ފުވައްމުލަކަށް ވިއްކަން މަސައްކަތްކޮށްފިނަމަ، މަސައްކަތުގެ ނަފާ އަވަހަށް ލިބޭނެކަމަށް ދަނޑުވެރިން ގަބޫލުކުރާތީކަމަށްވެސް އެރަށުން ވާހަކަދެއްކެވި ފަރާތުން މިނޫހާއި މައުލޫމާތު ހިއްސާކުރަމުން ފާހަގަކޮށްފައިވެއެވެ.

ރޯދަމަހާއި ދިމާކޮށް، ރާއްޖޭގެ ވަރަށް ރަށްތަކުން ކަރާ ހެއްދުމަކީ އާއްމުކަމެކެވެ. އެއީ ރޯދަމަހަށް ދިވެހިންނަށް އެއްމެ އާއްމު މޭވާ އަކީ ކަރާކަމަށްވެފައި، އެއިން ބޮޑު މަންފާއެއް ދަނޑުވެރިންނަށް ކުރާތީ އެވެ. އެހެންނަމަވެސް، ބައެއް ރަށްރަށުގައި މިގޮތަށް ހައްދާ ތަކެތީގެ މައުލޫމާތު ރެކޯޑް ކުރެވިފައި ނުވާތީވެ، މި ރިޕޯޓްގައި އެރަށްތަކުގެ މައުލޫމާތު ހިމެނިފައެއް ނުވާނެއެވެ. 

މީގެ ތެރޭގައި، މިހާރު އެއްމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ލ.އަތޮޅު ވެސް ހިމެނެއެވެ. ލ.ގަމުން ސީއެންއެމް އާއި ވާހަކަދެއްކެވި ފަރާތުން މިކަންފާހަގަކޮށް އިތުރަށް ބުނެފައިވަނީ، މިއަހަރުން ފަށައިގެން މައުލޫމާތު ނަގަން ފަށާފައިވާކަމަށާއި، މި އަންނައަހަރަށް ވާއިރަށް، މިއަހަރުގެ މައުލޫމާތާއި، އަދި އަންނައަަހަރަށް ލަފާކުރެވޭނެ މައުލޫމާތު ލިބެންހުންނާނެކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް