ads
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި
ގދ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
Advertisement

ފަރެސްމާތޮޑާގައި ތަރައްގީ ކުރި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އެރަށަށް ވަޑައިގަންނަވާފައިވަނީ މިރެއެެވެ. ރައީސްގެ އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާވެސް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމާ އެކު ހަވާއެރުވުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެއާޕޯޓަކީ ގދ. އަތޮޅުގައި ތަރައްގީ ކުރެވުނު ތިންވަނަ އެއާޕޯޓެވެ. އެ އަތޮޅުގައި ދެން އޮންނަނީ ކާޑެއްދޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓެވެ.

your imageފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު ވަނީ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓެއް ޖައްސާފައެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ހޯމަ ދުވަހު ހަވީރު 5:28 ގައި ފަރެސްމާތޮޑާ އެއާޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 ކަމަށެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.

މި އެއާޕޯޓަށް ކުރާ ދަތުރުތައް ފެށުމާ ގުޅުވާ މޯލްޑިވިއަނުން ވަނީ 'ޕްރޮމޯޝަނަލް ފެއަ' އެއް ފަށާފައެވެ. މޯލްޑިވިއަނުން ބުނެފައިވަނީ މި 'ޕްރޮމޯޝަނަލް ފެއަ' ގެ ދަށުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ،

  • މި މަހުގެ 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކަމަށް
  • މާލެއިން ފަރެސްމާތޮޑާއަށް - ހެނދުނު 08:10 ގައި
  • ފަރެސްމާތޮޑާއިން މާލެއަށް - ހެނދުނު 10:05 ގައި

މޯލްޑިވިއަނުން ބުނި ގޮތުގައި ދަތުރުގެ ވަންވޭ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1,574 ރުފިޔާއަށް ކަމަށާއި ރިޓާން ޓިކެޓެއްގެ އަގަކީ 3،148 ރުފިޔާ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް