ads
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: އަލިފުށި، މުލި އަދި މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް
ފަރެސްމާތޮޑާ އެއާޕޯޓަށްފަހު އާޒިމްގެ އުއްމީދީ ވާހަކަފުޅުތަކެއް
ގދ. ފަރެސްމާތޮޑާ އެއާޕޯޓާ އެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އުފާވެރި ވާހަކަފުޅުތަކެއް ހިއްސާ ކުރައްވައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ އެ އެއާޕޯޓަކީ ރައީސް ސޯލިހުގެ ޒައާމަތުގައި އެމްޓީސީސީން ތަރައްގީކޮށް ނިންމި ތިންވަނަަ އެއާޕޯޓު ކަމަށެވެ. އެ ރަށުގެ އެއާޕޯޓާ އެކު ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރި އަނެއް ކަމަކީ އެއާޕޯޓު ކޯޒްވޭގެ މަޝްރޫއު ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ޖުލައި މަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެެވެ.

އާޒިމް ވިދާޅުވެފައިވަނީ ސަރުކާރުން މިހާތަނަށް އަޅައިދިން ހއ. ހޯރަފުށި އެއާޕޯޓާއި ގދ. މާވަރުލު އެއާޕޯޓާއި ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ފަހުގައި އެމްޓީސީސީން މިހާރު މަސައްކަތް ނިންމަމުން އަންނަ މ. މުލި އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް މިފެށޭ އެޕްރީލު މަހުގައި ފަށާނެ ކަމަށެވެ. ހަމައެގޮތަށް އެ ކުންފުނީގެ ފަރާތުން މަސައްކަތް ނިންމަމުން އަންނަ ފ. މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް މި އަންނަ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީ ސީއީއޯ ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި އެ ދެ އެއާޕޯޓުގެ އިތުރުން އެމްޓީސީސީން މަސައްކަތް ނިންމަމުން އަންނަ ރ. އަލިފުށި އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް މި އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ފަށާނެ ކަމުގައެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މި ދައުރުގެ ތެރޭގައި އެ ތިން އެއާޕޯޓުގެ މަސައްކަތްތައް ނިންމުމަށް ކަމަށާއި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ރައީސް ސޯލިހަށް އެ ޔަގީންކަން އަރުވާކަމަށް ވެސް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވިއެވެ. އެމްޓީސީސީ ސީއީއޯ ވިދާޅުވެފައިވަނީ އެ ތިން އެއާޕޯޓުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ހުޅުވިގެންދާއިރު، ރައީސް ސޯލިހު ވެވަޑައިގަންނަވާނީ އެއް ދައުރެއްގެ ތެރޭގައި ހަ އެއާޕޯޓު ތަރައްގީކޮށް ހުޅުވާ ފުރަތަމަ ރައީސްއަށް ކަމަށެވެ.

your imageއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް، ޖުމްލަ 140 އަށް ވުރެ ގިނަ ޕްރޮޖެކްޓް ނިންމާފައިވާ ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް

އެ ހުރިހާ އެއާޕޯޓުތަކަކީ ރައީސް ސޯލިހުގެ ޖަޒީރާވަންތަ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދަން މި ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްގެން ނިންމަމުން ގެންދާ އެއާޕޯޓުތަކެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެ އެއާޕޯޓުތަކުގެ އިތުރުން ހދ. ކުޅުދުއްފުށި އެއާޕޯޓުގެ ރަންވޭ ދިއްލެން އަންނަނީ ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމައިގެން ކަމަށެވެ. ސަރުކާރުން އެ ޕްރޮޖެކްޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރައްވާފައިވާތީ އެ ކުންފުނިން ދަނީ އެ މަސައްކަތް މި ފެށޭ އެޕްރީލު މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ނ. މާފަރު އެއާޕޯޓު އެކްސްޕެންޝަން ޕްރޮޖެކްޓް އެމްޓީސީސީ އާ ހަވާލުކޮށްފައިވާތީ އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ އެ ކުންފުނީގެ ފަރާތުން ރައްޔިތުންނާ ހަވާލުކުރާނެ ކަމުގައެވެ.

އެ ކުންފުނީގެ ގާބިލު ޓީމުން އެއިން ކޮންމެ އެއާޕޯޓެއްގެ ޕްރޮޖެކްޓެއް ނިންމުމުގެ މަސައްކަތް މިހާތަނަށް ކޮށްދީފައި އަދި ކޮށްދެމުން ގެންދަނީ ގައުމީ މަަސައްކަތެއް ކަމަށް ދެކި އެހާމެ ޝައުގާއި ފަހުރާއި އުފަލާ އެކުގައި ކަމަށް އެމްޓީސީސީ ސީއީއޯ ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަފުޅުގައި ވަނީ އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް ސޯލިހުގެ މި ދައުރުގެ ތެރޭގައި އެމްޓީސީސީން ޖުމްލަކޮށް ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފައިވަނީ މި ދައުރުގައި އެމްޓީސީސީން އެކަނި 140 ޕްރޮޖެކްޓަށް ވުރެ ގިނަ ޕްރޮޖެކްޓް ނިންމާފައިވާ ކަމަށާއި މިހާރުވެސް އެކި މަރުހަލާތަކުގައި 140 އަށް ވުރެ ގިނަ ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުނީގެ ފަރާތުން ކުރަމުންދާ ކަމަށެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް