އަވަސް ނޫހުގެ ނީސްވެރިޔާ ހުސައިން ޖުމާން މިއަދު ދޫކޮށްލީ، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން، ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރު ކުރުމުންނެވެ.
ޖުމާން ހައްޔަރުކުރި މައްސަލާގައި އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ މުޒާހަރާތައް ކަވަރު ކުރަންދާ ނޫސްވެރިންނަށް ފުލުހުން ފުރައްސާރަކޮށް އަނިޔާ ކުރުމަކީ ކަންބޮޑުވެ ހާސްވާ ވަރުގެ ކަމެއް ކަމަށެވެ. އަދި އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނާއި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ނޫސްވެރިންނަށާއި، މީޑިއާތަކުގެ ހައްގުތައް ނިގުޅައިގަނެގެން ހުހެޅޭ މައްސަލަތައް ވަރަށް ބޮޑު ކަމަށާއި، މިހާތަނަށް 8 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެެވެ.