އަވަސް ނޫހުގެ ނޫސްވެރިޔާ ހުސައިން ޖުމާން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އިއްޔެ އޭނާ ދޫކޮށްލާފައެވެ.
ފުލުހުންގެ އިދާރާއިން ބުނީ ނޫސްވެރިޔާ ކޯޓުން ދޫކޮށްލި ނަމަވެސް އެމައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
ޖުމާން ހައްޔަރުކުރި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، އެމްޖޭއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ މުޒާހަރާތައް ކަވަރު ކުރަންދާ ނޫސްވެރިންނަށް ފުލުހުން ފުރައްސާރަކޮށް އަނިޔާ ކުރުމަކީ ކަންބޮޑުވެ ހާސްވާ ވަރުގެ ކަމެއް ކަމަށެވެ. އަދި އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނާއި ސަރުކާރަށް އެ ޖަމިއްޔާިން ވަނީ ގޮވާލާފައެވެ.