ads
ގެއްލިގެން ހޯދަމުންދިޔަ ޒޯޔާ
ވިލިމާލެއިން ގެއްލުނު ޒޯޔާ ހުޅުމާލެއިން ފެނިއްޖެ
ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 13 އަހަރުގެ އައިޝަތު ޒޯޔާ ހުޅުމާލެއިން ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުންދާ ޒޯޔާ ހުޅުމާލެއިން ފެނިއްޖެ ކަމަށާއި އެކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ޒޯޔާ ގެ ބައްޕަ އިއްޔެ ސީއެންއެމްއަށް ބުނީ ޒޯޔާ އެންމެ ފަހުން ފެނުނީ ހުކުރު ދުވަހުގެ ރޭ 7:30 ހާއިރު ގެއިން ކަމަށެވެ. ޒޯޔާ ދިރިއުޅެނީ ވިލިމާލޭގަ އެވެ.

އޭގެ ފަހުން ޒޯޔާގެ ހަބަރެއް ވެސް ނުވާކަމަށާއި، އަދި ވެސް ނުފެންނަކަމަށް އެނާގެ ބައްޕަ ބުންޏެވެ. ނަމަވެސް ހުޅުމާލޭގެ ފޭސް ދޭކަށް ދާން އޮންނަ ބުރިޖު މަތިން އެކުއްޖާ ފެނިގެން ބަޔަކު ރިޕޯޓު ކުރިކަަމަށް އޭނާގެ ބައްޕަ މިއަދު ބުންޏެވެ. 

އަދި އޭގެ ފަހުން އެ ކުއްޖޭގެ ސެނެޕްޗެޓް އިން ދެ ފަހަރަކު އޮންލައިން ވެގެން ލޮކޭޝަން ވެސް ލިބިފައިވާކަމަށް އާއިލާއިން ބުނެ އެވެ. އެ ލޮކޭޝަން ލިބުނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ކަމަށް ވެސް ޒޯޔާގެ ބައްޕަ ބުންޏެވެ. 

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
83%
ވަރަށް ސަލާމް
ކޮމެންޓްސް