ads
ގާސިމް ހަސަން (ކ) ގައި އަދި އަދުހަމް މުހައްމަދު (ވ)ގައި
ޓެކްސީ ޑްރައިވަރު ގާސިމް މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ
ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, މަރާލިކަން، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ގެ މައްޗަށް ސާބިތުވެެއްޖެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
Advertisement

މިއީ ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައެވެ. 

މި މައްސަލައިގައި ތަހުގީގުވެސް އަދި ޝަރީއަތުގައި އަދުހަމް، ގާސިމަށް ހަމަލާދިން ގޮތް އެކި ފަހަރު އެކި ގޮތަށް ސިފަކޮށްދިން އިރު، ނއެ ހުރިހާ ފަހަރެއްގައި ވެސް ހަމަލާދިން ވަޅި އޮތީ އަދުހަމްގެ އަތުގައި ކަމަށާއި ގާސިމްގެ ކަރަށް ވަޅި ހެރީ އަދުހަމްގެ އަތުންކަން އިނގޭކަން ޝަރީއަތުންވަނީ ފާހަގަކޮށްފައެވެ. 

މި މައްސަލައިގައި އަދުހަމް ބުނެފައިވަނީ ގާސިމަށް ހަމަލާދިނީ ގަސްތުގައި ނޫން ކަމަށާއި އެކަން ކުރީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އަދހަމް އެހެެން ބުނި ނަމަވެސް އޭނާ އެދުވަހު އަމިއްލަ އިހްތިޔާރުގައި މަސްތުވެގެންހުރީ އަމިއްލައަށް ކުރެވޭ އަމަލުގެ ނަތީޖާ ވިސްނައި ނުގަނެވޭ ހާލަތެއްގައި ނޫންކަން، އަދުހަމް ކުށް ކުރުމުގެ ކުރިން އަދި ފަހުން އަމަލުކުރި ގޮތުން އިނގޭ ކަން ޝަރީއަތުންވަނީ ފާހަގަކޮށްފައެވެ. 

މި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. 

ޝަރީއަތުން މި މައްސަލަައިގައި ނިންމީ ދައުވާގެ ހުރިހާ އުންސުރެއް ހަމަވާ ކަމަށާއި، އެހެން ކަމުން މި މައްސަލައިގާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމްއެވެ. 

މި މައްސަލައިގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވުމުން ދެން އޮންނާނީ ގާސިމްގެ ވާރިސުން ދެނެގަނެ އެ ފަރާތްތަކުގެ ބަސް ޝަރީއަތަަށް ހޯދުމެވެ. ވާރިސުންގެ ބަސް ހޯދުމަށް ފަހު ދެން އޮންނާނީ އަދަބާމެދު ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް