ads
ރައީސް މައުމޫނު އަދި ރައީސް ސޯލިހް
އެމްއާރުއެމް އިން ގޮތެއް ނުނިންމާ، އިތުރަށް މަޝްވަރާ ކުރަނީ
ރިޔާސީ އިންތިހާބުގައި، މޯލްޑިވްސް ރިފޯމް މޫވްމަންޓުން ކުރިއަށްދާނެގޮތެއް އަދި ނުނިންމާކަމަށް އެޕާޓީގެ ރައީސް ފާރިޝް މައުމޫނު ވިދާޅުވެއްޖެއެވެ.

ފާރިޝްއާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެމްއާރުއެމުން ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތެއް ނުނިންމި ނަމަވެސް، އިންތިހާބަށް ނިކުންނާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ދަނީ ކުރަމުންނެވެ. ނަމަވެސް ފާރިޝް ފޯނު ނުނަންގަވާތީ އިތުރު ތަފްސީލެއް ނުލިބެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ކުރިން ވަނީ ރިޔާސީ އިންތިހާބުގައި ތާއީދު ދެއްވުމަށް އެދި ކޯލިޝަން ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. އެކަމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހްއާއި ރައީސް މައުމޫނު ވަނީ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

މަޝްވަރާތަކާ ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.

މިހާރުގެ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ އިންތިހާބުގައި ރައީސް ސޯލިހްއަށް ތާއިދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. 

ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބަށް ނެރުމަށެވެ. އެޕާޓީން މިހާރުވަނީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް، ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ. ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް