ރައީސް ސޯލިހް ޓީމުގެ ބޭފުޅުން އުއްޗު އަރިހުގައި
ރައީސް ސޯލިހްގެ ޓީމުން އުއްޗު އަރިހަށް
Share
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓީމްގެ ބައެއް ބޭފުޅުން، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ބައްދަލު ކުރައްވައިފި އެވެ.
Advertisement

އާއްމު ވެފައިވާ ފޮޓޯތަކުން ފެންނަނީ އުއްޗުގެ އަރިހުގައި، ރައީސް ސޯލިހްގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްގެ އިތުރުން މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ތިއްބަވާ ތަނެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުވުން އޮތީ އުއްޗުގެ ކުރެއްދޫ އައިލެންޑް ރިސޯޓްގައި އިއްޔެގެ ވަގުތެއްގައެވެ.

ބައްދަލުވުމާއި ގުޅޭގޮތުން، އަދި ސިޔާސީ ކަމެއްގައި މަޝްވަރާ ކުރެއްވިތޯ ސީއެންއެމުން ސުވާލު ކުރުމުން އަލީ ނިޔާޒް ވިދާޅުވީ "ސިޔާސީ ބޭފުޅުންނާ ދިމާވުމުން ސިޔާސީ ވާހަކަވެސް ދައްކާނެ ނޫންތޯ" އެވެ. ނަމަވެސް އިތުރު ތަފްސީލް ނިޔާޒު ނުދެއްވައެވެ.

އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕާޓީތަކުން މިހާރުވަނީ މަސައްކަތް ފަށާފައެވެ. އޭގެތެރެއިން އެމްޑީޕީގެ ޓީމްތައް ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ.

ރިޔާސީ އިންތިހާބު މިހާރު ޝެޑިއުލްކޮށްފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހަށެވެ. އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް